ކަލާވަކިވިނަމަ…
ކަލާވަކިވިނަމަ………..
އަހަރެންގެ ހިތުގެ ޖަޒުބާތުތައް ކަރުނަޔާއި އެކު ދުނިޔެއަށް ފާއްދާލައިފިއެވެ.
ނުހަނު އުނދަގުލާއި އެކުވެސް، ކަލާ އާއި ބައްދަލުވި ހިނދު އަހަރެންގެ ހިތް ހިފަހައްޓާލީމެވެ.
އެހެނަސް…. އަހަރެންގެ ހިތް އެތައް ފަހަރެއްގެ މަތިން ހަލާކުވެ ރޫޅިގެން ހިނގައްޖެއެވެ.
މި ޙާލަތު އިތުރަށް ބަނަވެގެން ގޮސް، އަހަރެންގެ ހިތެކޭ
އެއްގޮތަށް އަހަރެންވެސް ފަނާ ވާން ކަލާ ދޫކޮށްލަނީ ހެއްޔެވެ؟
ކަލާދެކެ އަހަރެން ވާ ލޯބި ދަނީ ކޮންމެ ހިނދަކު އިތުރުވަމުންނެވެ.
ކަލާޔާ ނުލާ އަހަންނެއް ނޭވައެއް ނުލާނަމެވެ.
އަހަރެންގެ ހިތް އެތައް ފަހަރެއްގެ މަތިން ހަލާކުވެ ރޫޅިގެން ހިނގައްޖެއެވެ.
ކަލާ ދެކެ އަހަރެން މިވާ ލޯބި އިތުރުވެ، ކަލާޔާ އެކު އެކީ މަރުވުމަށްވެސް މިހިތް އެދެއެވެ.