މާލެސިޓީ ކޮވިޑް ފަތުރާ ހާއްޔަކަށް…!
މާލޭ ސިޓީ ވެއްޖޭ ބުނަން ފަތުރާ ކޮވިޑް މައި ހާއްޔަކަށް
މާލޭތިބީން ގޮތް ހޯދުމަށް ވިސްނަންޖެހޭ މިކަމާމެދަށް
މިވަބާ މިހެން ފެތުރޭ ސަބަބު ސިއްރެއްނުވާކަން ކަށަވަރޭ
މިވަބާ މިތާ ފެތުރުނަނުދީ ގެންނަންޖެހޭ އެބަހުއްޓުމަށް
ފަރުވާވެ މާސްކުއަޅާށެވީ ގޭންބޭރުގައި ވާވަގުތުގައި
ފަރުވާ ބެހެއްޓުން ބޭނުމޭ އަތްދޮވުމަށާ ގައިދުރުކަމަށް
ވިޔަފާރިތައް ބަނގުރޫޓުވުން އިތުރޭވަނީ ވިސްނައިބަލާ
ކިޔަމަންވެގެން ޢަމަލޭކުރަން ބޭނުންވަނީ މިކަމާމެދަށް
ވެކުސިންޖަހަން ފުރުޞަތުދިނުން ބޭނުވެޔޭ ހަމައަބަދުވެސް
ވެކްސިންޖަހާ ނިންމަންޖެހޭ އެއްބާރުލައި ލަސްވެސްނުކޮށް
