ލޯތްބާއެކީ
ރާގު: ކަނޑުގުރުވަ ނޫނީޔާ ނުކާން
ތިޔަލޯބި ހިތުގައި ދެމިހުރޭ، ނުފިލާ ހަނދާން ތަކަކާ އެކީ
ތިޔަނަން ދުލުން އިއްވާލިޔަސް، ހިތްތެޅިލަޔޭ ވިންދާއެކީ
މަރިޔާދުވީ މޫސުން ނަޔާ، އައުމުން ކަލާ ހިނިތުންވަމުން
ފަރިމާ ތަކޭ ފޮޅިލަންފެށީ، ތިޔައީމަގޭ ގުލްޒާރަކީ
ފެނުމުން ކަލާ ކަޅިރަވަ މަށަށް، އެސްފިޔަޖަހަން ހަމަ ނޭނގުނޭ
ފެނުމާއެކީ އާޝޯހުވޭ، ގަނޑުކޮށްލަޔޭ ހަށިގަނޑުއެކީ
މަސްތެއް ވެޔޭ ޖެހިލާގޮތުން، ކަސްދޮޅުއެޅޭ މުޅި ރޫޙުގައި
ވަސްމީރުކަން ތިޔަ ޖިސްމުގައި، ހަރުލާހުރޭ އަބަދަށް އެކީ
ހިތްހެޔޮކަމާ އެކުގައި ނުހަނު، ފާއިތުވެދާ ވަގުތާއެކީ
ހިތްދަތިވިޔަސް އަމުދުން މަށަށް، ލިބިދާނެހޭ ތިޔަ ހިތްއެކީ
ފުންނަޒަރަކުން ބެލުމުން ކަލާ، ފެންނާނެޔޭ މިހިތުގެ އެދުން
ފުންލޯތްބެކޭ ހިތުގައިވަނީ، ވަކިކޮށްނުލާ މުޅި ހިތްއެކީ
ލަފުޒެއް ބަޔާންކޮށް ދެން މިތާ، ބޭނުންވިޔަސް އެކަމެއް ނުވޭ
ލަފުޒުން އެ ދިންހާ ފުރުޞަތުން ހިނިތުންވަމުން ލޯތްބާއެކީ
ޅެން ލިޔުނީ: އިބްރާހީމް ސާމިލް/މޫރިތި/ ނ.ލަންދޫ

ކަސްތޮޅު….ދ