ޢިބްރަތްތެރި ދުނިޔެ
ޢިބްރަތްތެރި ދުނިޔެ
ރާގު: ކަނޑުގުރުވަ ނޫނިއްޔާ ނުކާން ހިތްވަރުކުރޭ އެބަ މާކަނާ ( ޖޭމް ދޮންކަމަނަގެ)
ދުނިޔޭގެ ދަޅަޔަށް ހެއްލުނޭ، ވިސްނާ ފިކުރު ހަމަ ކޮށްނުލާ
ދުނިޔޭގެ ކެހިވެރި މަންޒަރުން އޮޅުވާލިއޭ ރޭކާނުލާ
ނިޔަނެތި މަގޭ ޖިސްމާއި ފުރާނައިގެ އަބުރު ހަމަ ގެއްލުނޭ
ނިކަމެތި މަގޭ ޙަޔާތް އެކީ ފުނޑުކޮށްލި ހަމަ ތޫފާނެކޭ
ރޫޙާއި ނަފުސުގެ އަގު ވަޒަން ނުކުރެވި މިތާ ހިތްދަތިވިޔޭ
ނޫރާއި މާތް ޙިދާޔަތުން އަލިކޮށްލުމުން ހެޔޮ ގޮތްވިޔޭ
ފާފައިގެ ކޯރަށް ޣަރަޤުވެ ހަވާ ނަފްސަށް މުޅިން ހެއްލުނޭ
ފާފައިގެ ކައްފާރާއެއް ކަމުގަވާތީ ތައުބާ އަދު ވަމޭ
ފިޠުރަތުގެ ދިރުމާ މަރުވަނީ ގޮތް ނޭނގި އައުމެއް ކަމުގައޭ
ޢިބުރަތުގެ ފިލާވަޅުތަކަށް އަދު ބުއްދި މި ހޭލަން ވެއްޖެއޭ
އަސްލުގައި ހުރިހާ ކަމެއް ފުރިހަމަވެ ލިބުމަށް ހިތް ދަހިވިޔޭ
މަސްތުގައި ހުރިހާ ކަމެއް ބަލަ ފަސްނުކޮށް ހަމަ ނިންމާލެވޭ
ވިސްނާނުލެވި ޢިބުރަތްތަކޭ ދުނިޔޭގެ ޢިއްޒަތް އަދުވެޔޭ
ގިސްލާނުރޮވި ނުނިމޭނެޔޭ ދިލަ ހޫނު ހިތްދަތި ވޭނެކޭ