ޅެން

ރަންމުތުގެ ފަރުބަދަ (14 ވަނަ ބައި)

14 ވަނަ ބައި

ދިޔުމަށް މަދިން ދަޢުވަތު ހިތުން ރުހުމުން ޤަބޫލް ކުރުމާ އެކީ

       ދިޔުމަށް ގެއިން ނިކުތީ ފެނުނު ފުރަތަމަ އެކޯ ރަށްށޭ އަލުން

ދަބަހަށް ޝަރާބް ފުޅިޔެއް ލަމުން ފޮރުވީމެ  އެކު ތައްޓާ އެތާ

        ދަބަހޭ ކޮނޑަށް އަމުނާލަމުން ނިކުތީ ގެއިން އެދިގެން ދިޔުން

ކޯރުގެ ވިނަލަ ފެންގަނޑު ތެދޭ މިނިވަން ކަމާ އެކުގައި ދެމޭ

        ފޯރުވި އަލިން އިރު ދޯދިތަށް ނޫކަން އިތުރު ކޮށްދޭ ޔަޤީން

ފިނިފިނި  ނަސީމީ  ރޯޅިތައް  ވާދީތެރޭ  ފަޅުފިލުވަދޭ

       ހިނިތުން ވަމުން ނޭހެލިލަނީ ގަސްތަށް ވަޔާ އެކުގައި މަޑުން

ކުނަލެއް އެތާ  ފަތުރާލަމުން އެކުގައި  އިށީން ނީމޭ ބަލަން

        އުނަގަނޑު އެތާ ޖައްސާލަމުން ދަބަހުން ޝަރާބް ފުޅިވެސް ނެގިން

ފުޅިމަތި ނަގާ ތުނބުގައި ޖަހާ ދެފަހަރު ދަމާ ލާފައި ދިނީ

        ގުޅިގެން މަށާ އެކުގައި ބުއިން އެދި ޒާހިރާ ޝާމިލު ކުރަން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close