ޅެން

ނިޒާމެއް ރަނގަޅުވެދަނީ

ނިޒާމެއްވެސް ރަނގަޅުވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން،

                       ކުރާކަންތައް ރަނގަޅުވެދަނީ ކުރާމީހުން ރަނގަޅުވެވިގެން.

ރިޔާސީ ބަރުލަމާނީވެސް މިއީދެނިޒާމު ކަންއެނގިގެން،

ގުޅުންހުރި ލިޔުންތައް

                      ސިޔާސަތު ހަރުދަނާގޮތުގައި އެކަންކުރެވޭނެ ގޮތްއެނގިގެން.

ނިޒާމެއްގައި އެހުރިކަންކަން ބަލައިދަސްކޮށް ހަދަންޖެހެޔޭ،

                     ނިޒާމެއްގައި މެހުރި މޮޅުދެރަ އެނގޭނީވެސް އެކަންބެލިގެން.

ވެރިންނާ ދެންތިބޭ ބަޔަކާ ތަފާތުމަޤާމު ތައްފުރުމަށް،

                       ވެރިންވެސް ހެޔޮލަފާވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން.

ދިމާއަށް ފެންނަ ގޯސްތައްވެސް އެއީގޯހެއް ކަމަށް ބުނަމުން،

                        ދިމާކުރުމެއް ނުބާއްވާއުޅެ ލަފާބަޔަކަށް މަމެންވެވިގެން.

ކުރާވެރިކަން ރަނގަޅުގޮތުގައި ކުރުން އައުލާ ވެގެންވާތީ،

                       މުރާދުއެއީ ކަމަށްދެކިގެން އެކީއެކުގައި ހިނގަންއުޅެގެން.

ކަމެއްގައިއޮތް ހެވާ ނުބަޔާ ބަލަންޖެހެޔޭ ވަރަށްރަގަޅަށް،

                    ކަމެއްއޮތްގޮތް އެނގޭނީވެސް ނިކަންވިސްނައި ބަލައިލެވިގެން.

ދިމާވާއެކި ވަރުގެމަސްއަލަ ތަކަށްޙައްލެއް ލިބޭނެގޮތެއް،

                     ބަލައިހޯދަން އެނގޭނީވެސް ފިލާތަންދޮރު އެކަންއެނގިގެން.

ތެތާހުރެގެން ހަޅޭއްލުމަކުން ހިކޭނެގޮތެއް ނުވެސްއޮވެޔޭ،

                        ތިމާމެން އަހުލުވެރި ވާންވީ ހިނގާދާށޭ ނިޒާމައިގެން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close