ޒައިނިސްޓުންގެ ޝިކާރަޔަކަށް މުސްލިމުން..!
ނުލަފާ ނުބައި ބޮޑުޤާތިލެއް ކަމުގައިމިވާ ޔާހޫނަތަން
ނުލަފާކަމުން މަރަމުންދަނީ ގާޒާގެ މުސްލިމު ކުޑަކުދިން
މީނާގެހުރި ނުލަފާކަމާ ވަޙްޝީކަމުން ބޮންތައްއަޅާ
ދީނާއިގައުމޭ ހަރުހަޑުން ގޮވަމުން އެމަރަނީ މުސްލިމުން
އަޤްޞާގެ ޙުރުމަތްވެސްކަނޑާ އަޅުކަން ކުރަން ތިއްބާއެމާތް
އަޤްޞާގެ ޙަރަމަށްވަދެ އެތާ ބަޑިތައްތަޅާ މަރަނީމުޅިން
މުސްލިމް ފަލަސްޠީން ބިންތަކަށް ގަދަބާރުގައި ތިބެގެންއަރާ
މުސްލިމްއަޚުން ގެދޮރުންނެރެވި އަބަދުމެދަނީ މަގުމަތިވަމުން
ޢަރަބިންގެ ބިންތައް މިލްކުކޮށް އެކިވަރު ޢިމާރާތްތައްއަޅާ
ޢަރަބިން ޖަލެއްގައި ޤައިދުކޮށް ހަސްކާދެނީ ރަޙުމެއްނެތުން
ޢަރަބިންތިބީ ގުޅިގެންއެކީ ޡާލިމުނަތަންގެ ޒަޢާމަތާ
ޢަރަބިންގެހުރި ކެހިވެރިކަމުން މާޔޫސުވީ އަދުމުސްލިމުން
ރަމަޟާންމަހުގެ ޙުރުމަތްކަނޑާ އަޅުކަންކުރަން ފުރުޞަތުނުދީ
ޙަމަލާދެމުން ބޮންތައްއަޅާ މަރަމުންދަނީ މުސްލިމުއަޚުން
އުންޑައިގެއަޑު ރުއިމުގެއަޑާ ކެނޑިގެންނުދޭ މާތްޙަރަމުގައި
އުންމަތްއޮތީ ނުކުޅެދިފަޔޭ އެއްޗެއް ބުނަންވެސް ގަތްބިރުން
ދުނިޔޭން މިއަދު ފެނިގެންމިދާ ޒައިނިސްޓު ޙަމަލާތައްދެނީ
ދުނިޔޭގެއެކި ގަދަބާރުތައް އެއްބައިވެތިބެ އެއްބަސްވެގެން