ރަންމުތުގެ ފަރުބަދަ (7 ވަނަ ބައި)
ހިތުގައި އަނދާ ގިނިހޫނަކުން ފިހެލަން ހަޔާތް ގަސްތޭ ކުރީ
މިތުރުން ދުރަށް ފޮނުވާލެވުން ދަހިވެތިކަމުގަ ކުރެވުނު ކުށުން
ނިކަމެތި ދުވަހު އެކުގައި އުޅުނު ދެގޮތެއް ނުވާ ސާބިތު އަޚުން
ބިކަކޮށް މިތާ ފަސް އެނބުރުމަށް ޖެހުނީ މަގޭ ދަހިވެތިކަމުން
އެދިގެން ވަނީ ހަމައެކަނިވުން ޝައްކާ ވަހުމު އުފެދޭކަމުން
އެދެނީ “ރަނާ، ރިއްސާ” އެކީ އެކަހެރި ވުމޭ ދުނިޔޭން ވަކިން
ހީވޭ މަށަށް ވައްކަން ކުރާހެން ގާތް އަޚުން ކައިރީ އުޅޭ
ހީވާކަމުން އަބަދާ އަބަދު ހުޝިޔާރުގައި ހުންނަން ބިރުން
ޝައްކުގެ މިފެން ގަނޑުގައި ފަތާ ވަހުމުގެ މިއާރުން ފެންވަރާ
ޝައްކޭ ކުރީ މިތުރުން ތަކަށް “މުތްތަކު” ތެރޭ ގެނބެވޭކަމުން
ރާޝިދު އަކީ އެކި ގޮތް ގޮތުން އެތަކެއް އެހީ ވީމިތުރެކޭ
ރާޝިދު ތެދޭ އަހަރެން ސަލާމަތް ކޮށްދިނޭ އަނދަވަޅުތަކުން
ވަނިކޮށް އަނދިރި ވަލުގައި މިތާ އަލިކޮށް މަގެއް ދީހެދި ކޮށާ
ކަނި ހޫނުވީ އަލިފާން ތިކިން ރައްކާކުރީ ވެސް ހެޔޮހިތުން