ޅެން

އެންމެ ބޮޑު ޙަޤީޤަތް

ޅެން ލިޔުނީ: ޝާހިލް މުޢީން

މާވަޑިއާގެ/ އ.އ އުކުޅަސް

ބަގީޗާ ތަކައި ގަސް ގަހާގެހި ރަބީޢުން

    ފަޤީރުވެ މިލާ މޯޅި ވާނޭ ޚަރީފުން

       ޔަގީންވާ ކަމެއް މަރު އެއީ އަދު މިދޭހުން

          ހަޤީޤަތް ބަދަލުވުން ނުވާނޭ މިދުނިޔޭން

ހަގެއް ދޮށި ޒުވާނެއް ނުވެސް ހަމަ ބެލެނޭ

    މަގެއް ހަނި ފިލާކަށް މިތާ އަދު ނުވާނޭ

         އަގެއް ދީ ޖިޒީއެއް ނިދުން ވެސް ނުވާނޭ

              ވަގެއް މިޔަކު ނުހެދޭ ކަތުންނޭ ޔަގީނުން

ވަލުން ބަނދެ ކަފުންކޮށް އެހިނދު ވަޅު މެލާނޭ

    ކަލުން ރަސް ޔަތީމުން ތަފާތެއް ނުވާނޭ

        އަލުން ދިރި އެދަންދެން އެތާހަމަ ތިބޭނޭ

           ވަލުން ބަނދެ މެ ނުލަނީސް ކުރާށޭ މިއަޅުކަން

ކުރާށޭ ދުޢާ އެދި ލިބުން މާތްވި ޖަންނަތް

     މުރާލިވެ ކަތުންނޭ ކުރާށޭ މި ހިންމަތް

          ދުރުލާ އުޅެންވީ ލިބޭތޯ މި ނިޢުމަތް

             ތުރާތައް ދެދުނިޔޭން ފިލާނޭ ޔަގީނުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close