ޅެން

އެކުވެރިކަމަކީ ގަދަފަދަ ބާރެެއް

ފިތުނައިގެ ހުޅު ނިވާލަން، ހިތުގައިވި އަޅި ފޮޅާލަން

               މިތުރުންނެ އެކު އެކީވާން، އަތްތައް ހިނގާ ގުޅާލަން

ނަފުރަތުގެ ބޮކި ނިވާލާ، އަފުރާދުނޭ ނުދިއްލާ

               ހަފުށުން ނުފިހި ތިހޭލާ، ކަފުނަށް ނުލާށެ އެންމެން

ހަސަދައިގެ ކަނޑި އުފުއްލާ، ކަސަބުން ވިނަން ފަވާލާ

              އަސަރެއް ކުރޭ ބަލާށޭ، މަސަލަސް މިވޭތޮ އެންމެން

ގުޅި ލާނުމެހި މިތާންގައި، ރުޅިވެރި ކަމާ އެކީގައި

             އުޅިގެން ކަތުން ނުވިސްނާ، ކުޅިހަމަ ނުވާނެ އަމުދުން

އެއް ވިސްނުމެއް މަތީގައި، އެއް މަންޒިލަށް އަޒުމުގައި

            އެއްކޮށް ލަފަން ކަނޑެއްގައި، އެއްކޮށް ފުރާނެ އެންމެން

އަޚްވަންތަ ކަމުގެ ގުޅުމުން، އުޚްތުން އަޙާގެ އަމުދުން

             ރަޙްމާ ކުލުނު އުފައްދަން، އެކުވާން އުޅޭށެ އެންމެން

މާފުން ކަނޑަށް ޣަރަޤުވޭ، މާފުން ޚިޔާލ ތައްވޭ

                ލާފުން ވިސާފު ނޭވާ، މާފެއް ކުރާށެ އެންމެން

މާޒީގެ ހިތި ހަނދާންތައް، މާރީތި ނުވި ޒަމާންތައް

               މާޒީ ދުރަށް މެޖައްސާ، ބާޒީ ހިނގާށެ ހޯދަން

ޝާހިލް މުޢީން / މާވަޑިއާގެ/ އ.އ އުކުޅަސް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close