ޅެން

ހެޔޮ އެކުވެރިން

ހެޔޮ  އެކުވެރިން

ފޯދެން ގަހަށް އަލިކަން އިރުން  ހޯދަން އެދޭ ފަދައިން ނިރުން

         ފޯދެން ހަޔާތް އުފަލުގެ ބިމުން  އެދިގެން ވަނީ ގާތްވީ އަޚުން

ތަރިތައް ނުވާ ޖައްވެއް ފަދައިން ފަރިއެއް ނުވާ މާތައް ފަދައިން

          މަރިޔާދުކަން އެޙަޔާތަކުން  ނެތިގެއްލެނީ ނެތް ނަމަ އަޚުން

ކަނޑުތައް މުތުން ފުރިފައި ވިޔަސް ފަރުބަދަ ރަނުން ގަހަނާވިޔަސް

        ފަނޑުވެވި ދިޔުން ނުމެވޭ ޔަގީން އަގު ނުކުރެވޭ ހެޔޮވީ އަޚުން

ކަރުނައިގެ ކޯރެއް ނަމަ ދެމޭ  ކަރުތާ ފެނަށް ނަމައީ ގެނބޭ

  “ފަރުވާ” އެދީ ހިތްވަރު ދެމުން ހިންމަތް ކުރޭ އަޞްލީ އަޚުން

އަލި ދޯދިތައް ފަދައިން ހަނދުގެ  އަލި ޢިބުރަތުގެ ފަތުރާލަމުން

        އަލި  ގަދަވި ހިކުމަތްތައް ދެނީ  ކައިރީ އުޅޭ އެކުވެރި އަޚުން

ގުލްޒާރުގައި މާތައް މިލާ  ބުލްބުލް ކޮކާ ނެތި ގެއްލުމުން

           ގުލްހާރު އުންމީދުގެ ގަތައި  އަޅުވައި ދެނީ އަބަދީ އަޚުން

ވީނަމަ އެކަނި ކަނޑުގައި ތެރޭ ހިނިތުންވެ ފެތި ހެޔޮގޮތް އަދައި

          ފީނާ އެކީ “އައްސޭރިޔަށް”  ގެންގޮސްދެނީ އެކުވެރި އަޙުން

ޝާހިލް މުޢީން

މާވަޑިއާގެ/އއ.އުކުޅަސް

5.12.2020

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close