ޅެން

ހިތާމައިގެ ކޮޅެއްވެސް ނެތް!

މިއަދު ޢިލްމާ ހުނަރުލިބިފައި ވިޔަސް ދިވެހިންގެ ޙުލްޤެއް ނެތް

                      މިއަދު ފެނިގެންދަނީ މިކަމޭ ކުރާނޭ އެއްކަމެއް ވެސް ނެތް

ބަލަންޖެހުމުން މައިންބަފައިން ނުހަނުލޯބިން ދަރިންބޮޑުކުރި

ގުޅުންހުރި ލިޔުންތައް

                     ބަލަން ބުރަބޮޑުވެގެން ޝަކުވާ ކުރުންނޫނީ ކަމެއްއަދު ނެތް

ޙަވާލުވަނީ ބިދޭސީއެއް ވެދާހިނދުގައި ވެގެން އެނދުމަތި

                        ޙަވާލުވުމުން އެދޭއަނިޔާ ހިތަށް ކެތްވާކަށެއް ވެސް ނެތް

ކޮވިޑްރޯގާގެ ބަލިޖެހުމުން ފެސިލިޓީއަށް ބަދަލުކުރުމުން

                   ކޮވިޑްޖެހި ދުނިޔެ ދޫކުރިޔަސް ޝަހާދަތްލައިދިނުން ވެސް ނެތް

ނުވޭ ބައިވެރި ޖަނާޒާގައި ބަލައިބޮޑުކުރި ދަރިންތިއްބަސް

                     ނުވޭ ރަޙްމެއް އެހިތްތަކުގައި ކަރުނަފޫދޭ ލޮލެއް ވެސް ނެތް

މިޤައުމަށް އަދު މިއަންނަ ބަދަލު ވަރަށް ބިރުވެރި އެފަދަބަނައޭ

                        މިޤައުމަށްއަދު މިހެންވާންވީ ސަބަބުހޯދާނެ މީހަކު ނެތް

ޒަމާނުގެ އޮއިވަރާއެކުގައި ރިވެތި އަޚްލާޤު ނެތިވަޅުޖެހި

                   ޒަމާނީ ކުރިއެރުން މިގެނައި ތަމައްދުނުގައި އަބުރު ވެސް ނެތް

މިއީ މުސްލިމް ޖަމާޢަތަކަށް ނަމުން ލިބިފައިވި ޝުހުރަތުގައި

                     މިއީ ހަމަ މުސްލިމުންބާއޭ ސުވާލު ކުރަންތަނެއް ވެސް ނެތް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close