ޅެން

ވަޠަނުގެ ދަރީންނޭ ވިސްނަމާ

ވަޠަނުގެ ދަރީންނޭ ވިސްނަމާ

ދިވެހިންގެ ވަޠަނާ ކުޅެލުމަށް، ތައްޔާރުވީ ގޮތް ވިސްނަމާ

                       ދިވެހިންގެ ދީނާ ވަހުދަތާ، ކުޅެލަން އުޅުނު ކަން ވިސްނަމާ 

ބާރާއި ނުފޫޒުގެ ތަންމަތިން، ހޯދަން އަރާމު ހިތަށް އެރީ

                      ޔާރުންގެ މަދަދާ ފިކުރުތައް ތަމްޞީލުވީ ގޮތް އަންގަމާ

ދަހިވެތިކަމެއްގައި ދީބު މާތް، ވިއްކާލުމަށް ވިސްނަންފެށީ

                      އެޙިޔާލު ހިތުގައި އޮތްވަރުން، ހެޔޮގޮތް އޮޅުނުވަރު ވިސްނަމާ

ރަޙްމަތުގެ ދީނުން ބޭރުގައި، ފިތުނައިގެ ހުޅު ރޯކޮށްލިޔަސް

                          އަޙްވަންތަ ރޫޙެއްގައި ނުހަނު، ބާޣީންގެ ސަފުތައް ރޫޅަމާ

މިނިވަންކަމުން ލިބިދިން އުފާ، ކަސްދޮޅުއެޅީ މުޅި ޤައުމުގައި

                       އަނިޔާވެރިންގެ ޝިކާރަޔަށް، ޤުރުބާންވި މޭތަށް ދެކެލަމާ

ޤައުމަށްޓަކައި އެ ޖިހާދުވީ، ނާމާން އެ ބިރުވެރި ޙާލުގައި

                        އައުދާނަ ޤައުމީ ރޫޙުގައި، ނިމިދިޔަ ހަނދާން އާކޮށްލަމާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close