ޅެން

ރަންމުތުގެ ފަރުބަދަ (5 ވަނަ ބައި)

(5 ވަނަ ބައި)

އެދުވަހު ގެޔަށް ދިޔައީ މޮޅިން ހުސްވީ އަތާ އެކުގައި މަޑުން

           ވެދުމެއް ކުރަން ކާއެތި ކޮޅެއް ނުލިބުނުކަމުން މާޔޫސް ވެގެން

ދެދަރިން އައިސް އެކުގައި އުނގަށް ވަދެފައި ދޮނެއް ދީފައި ބުނީ

           އެދަރިން ތިބީ ކާއެތި ކޮޅެއް އެދިއެދިކަމަށް ހާންތިމެ ވުމުން

ނަމަވެސް  ގެއިން  ކާއެތިކޮޅެއް  ނުލިބޭނެކަން ވާތީ  ޔަޤީން

            ކަމަކާ  ދިމާ  ވޭތޯ  މަހަށް  ދިޔުމަށްޓަކާ  ނުކުތީ  ގެއިން

ކޯރުގެ ތެރޭން މަސްބޭނުމަށް އޮށްސުނު އިރާ އެކުވެސްއިނިން

           ކޯރުން މަހެއް ނުމެބޭ ނުމުން ދިޔުމަށް ގެޔަށް  އެހިނގައި ގަތިން

އެހެނަސް މަގޭ  ހާލާ  މެދާ ވިސްނާލުމާ  އެކު ގިސްލެވުން

          ޖެހެވުނު ގެހެއް  ގާތަށް  ނިކަން  ފައިވާގި  ގޮސް  އެކުގައި  މުޅިން

ގަސްތަކު  ތެރޭން  ނުކުތީ  ބެޔެއް  މުސްކުޅިވެ  ގައި  ރޫޖެހިއެވާ

           ލަސްނުވެ  އެހީ  ވީކީއް  ހެއަދު  ގާތުގަ  މަގޭ  ކަންފަތްބުޑުން

ހާލަތު  އަޅާ  އޮތްގޮތް  ކިޔާ  ދިނުމާ  އެކީ  ހެވިފައި  ބުނީ

        “ހާލަތު  ބަދަލު  ކޮށްލަން  އެދޭ  ނަމައީ  އެކަން  ވާނޭ  ޔަޤީން”

ކޮނޑުގައި އެވާ ދަބަހުން ނަގާ ދިއްކޮށްލި ތަށި ރަން ވިދަވިދާ

           ކޮނޑުގައި ޖަހާ ލާފައި ބުނީ އޮށްބާ ކަރުނަ ތައްޓަށް އަޅަން

ތައްޓަށް ނަޒަރު  ހިންގާލިއިރު  ޔާޤޫތު  މާ އޭގައިވެޔޭ

         ވައްކޮށް  ކަނޑައި  ނެގިފައިވަނީ  ފީރޯޒު ފަތް  ކަންދެނެހުރިން

ތަށި ކޯމަތީ އޮއްބާލި ހިނދު ކަރުނައިގެ ތިކި ހިނދުނީއެޔަށް

           ހަށި އެއްލިގޮސް ހައިރާންމަވީ އޭގައި އޮތީ މުތަކަށް ވުމުން

“ވޭނާ އުދާސް ހިމެނޭ ކަރުނަ ވާނޭ ބަދަލު އަގުމާތް މުތައް

            ވޭނާ  ތުރާ  ވާނަމަ ތިބާ ފާއްދާ ކަރުނަ ގިސްލާ ރޮމުން”

ޝުކުރެއް އަދާ ކުރުމަށް ނިޔަތް ގަނެގެން ތެދުވި އިރު ޣައިބުވީ

           ޝުކުރެއްކުރަން ފުރުސަތު ނުލިބި ނެތުމުގެ ތެރަށް ގެއްލުނު މުޅިން

ބާޒާރުގައި  މުތް  ވިއްކުނީ  މޮޅުއަގުގަޔޭ  ފައިދާ  ކުރާ

            ބާޒާރަކުން  މޭވާ  ގަތީ  ނަންހުސްކޮށޭ  ވީއުފަލަކުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close