ހަނދާންކޮށްލާށެވެ!
ދުވަހަކުވެސް މިކިޔައިދޭ ކަންކަން ހަނދާންނައްތާނުލާށެވެ.
ދުވަހަކުވެސް ކަމަކާއި ހިތްދަތިވެ މާޔޫސް ނުވާށެވެ.
ދުވަހަކުވެސް ނަފްރަތުގެ ކަންޏަކުން އެކުވެރިކަމުގެ ފޭރާން އަންދާނުލާށެވެ.
ދުވަހަކުވެސް ތިބާގެ ހިޔަނި ތިބާއަށް ދޯކާ ދޭނެކަމަށް ހީނުކުރާށެވެ.
ދުވަހަކުވެސް ތިބާގެ ޒަހަމްތަކަށް ފަރުވާދޭން މާޒީ އިޔާދަ ވާނެކަމަށް ހީނުކުރާށެވެ.
ދުވަކުވެސް އިންތިހާ ދަރަޖައަށް އަމިއްލަ ނަފްސަށް އިތުބާރު ނުކުރާށެވެ.
އަމިއްލަ ނަފްސުވެސް ތިބާއަށް ރައްދު ޖަވާބު ދޭން ޖެހިލުންވެދާނެއެެވެ.
ދުވަހަކުވެސް މިކިޔައިދޭ ކަންކަން ހަނދާނުން ނުފޮހެލާށެވެ!
ތިބާއަށްޓަކައި ދުނިޔޭގައި ކޮންމެވެސް މީހަކު ދިރިއެބަހުއްޓެވެ.
ތިބާ ދާ ކޮންމެ ތާކަށް ދިޔަކަމުގައިވިޔަސް ހަނދާންކޮށްލާށެވެ.
ތިބާއަށްއަށްޓަކައި ކޮންމެވެސް މީހަކު ދިރިއެބައުޅެއެވެ.
ތިބާ ދާ ކޮންމެތަނަކުން ރައްކާތެރިކަމާއި އަމާންކަން ތިބާއަށް ލައްވާށިއެވެ.
ތިބާއަށްޓަކައި މިހިތުން އެދޭނެ ހަމައެކަނި ދުޢާއަކީ މިއީއެވެ.
ތިބާ އަހަރެންނާއި އެކުގައި ވުމުން ދިރިއުޅުން އޯގާތެރި މަދަދުވެރި އެކުވެރި އަކަށްވެދެއެވެ.
ތިބާ އަހަރެންނާއި ދުރުވެއްޖެނަމަ އެ ދިރިއުޅުން ބީރައްޓެއްސަކަށްވެދެއެވެ.
ތިބާއަށްޓަކައި މިހިތުގައި ސިއްރުކޮށް ރައްކާކޮށްފައިވާ ލޯތްބެއްވެއެވެ.
ތިބާއަށް އެކަން އަންގައިދޭނެ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
ތިބާއަށްޓަކައި އަހަރެންގެ މި ދެލޯ ނުނިދާ ހޭލާ ކިތަންމެ ރެޔަކު ރޮއެ ހަދައެވެ.
ތިބާއާއި ބައްދަލުވިފަހުން، ކޮންމެ ހިނދުކޮޅެއް ތިބާމަތިން ހަނދާންވަނީ ކީއްވެބާއެވެ؟
ތިބާ އަހަރެންނަށް ބުނެދޭށެވެ. އަހަރެންނަކަށް ނުވިސްނުނެވެ.
ތިބާ ލިބުމަށްފަހުވެސް، އަހަރެން ތިބާއާއި މިހާ ދުރުވެފައި މިވަނީ ކީއްވެބާއެވެ؟