ޅެން

ފުރާނަ ދެތަން ވިޔަސް

   ލިބެމުން މިދާ އަނިޔާތަކުން މިންޖެއް ނެތޭ އެހިތާމައިން

           ލިބެނީ ޒަހަމް ވޭނީ ހިތަށް، ހަރުކަށިވުމުން އެފުރާނައިން

   ލޮލުގައި ވިޔޭ މަސްތެއް ކުރިން، އަލިފާން އަނގުރު ހެންހީވިޔަސް

           ބޮލުގައި އަޅަން ޖެހިފާ މިވާ، ބަދުނާމަކުން ނަފުރަތު ކުރަން

   ތުންފަތްމަތިން ހިނިތުންވަމުން ކުރިހާ ސަލާމް ލޯތްބާއެކީ

           ތުންފިއްތަމުން ބުމަ ގޮށްޖެހީ ނުކުރާ ކުށަށް އެއްބަސް ކުރަން

   ވަސްމީރުކަން ފަތުރާލުމުން، މަސްތީ ހިތުން ނުފިލާ ވިޔަސް

          އަސްލެއް ނުވީ ދިރިއުޅުމުގައި، ފެށިފާ ވުމުން ހަނގުރާމައިން

   ފުންނަޒަރަކުން ބެލިޔަސް ކަލާ، ދެލޮލޭ ވަނީ ކަނުވެފަ މިތާ

          ފުންކަނޑުތެރޭ ގެނބުނަސް ހެވޭ، ބަރުބާދުވީ ލޭ ކަރުނައިން

   ވިރެމުންމިދާ ދިލަ ހޫނުގައި ، ނަފްސާ ފުރާނަ ދެތަން ވިޔަސް

         މެރެމުންމިދާ ދެލޮލާ އެކީ، ވާނަމަ ކުށެއް މާފަށް އެދެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close