ޚަބަރު

ކުރީގެ ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިނާ ހިލާފަށް އިދިކޮޅުން މާލޭގައި ބޭއްވި އެއްވުމެއްގައި މާސްކު ނާޅުއްވާ އުޅުއްވި ކަމަށްބުނެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފިއެވެ.

ރައީސް ވަހީދުގެ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު ވިދާޅުވީ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް، އެމަނިކުފާނު 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ގަވާއިދާ ހިލާފުވި ކަމަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރެއްވި ކަމަށާއި، މާސްކަ ނާޅުއްވައި ހުންނެވީ ޕީޕީއެމްގެ އޮފީސް ތެރޭގައި ކަމަށާއި، މާސްކް ނާޅުއްވައި ބޭރަށް ނުކުމެފައި ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ.

ދެއްކި ވާހަކައަކަށް ނުބަލާ، ބަޔާން ނެގި ގޮތަށް ހަމަ ޖޫރިމަނާގެ ޗިޓު ޗިޓު ދިނީ. ކަނޑައެޅގެން އެހެންވީމަ މި ގެންދިޔައީ ޖޫރިމަނާ ޗިޓު ތައްޔާރުކޮށްފަ ހަވާލުކުރަން ކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދޭހަވެގެން ދިޔަ،” ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ ޑރ. ވަހީދާ މެދު ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް އެތައް ފަހަރަކު އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާ މެދު ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ޖޫރިމަނާ ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close