ޚަބަރު

އިތުރު 137 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 137 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 96 ދިވެހިން ހިމެނޭ ކަމަށެވެ. ދެން މިއަދު ފައްސިވީ ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ދެމީހަކާއި ނޭޕާލްގެ ދެމީހަކާއި ފިލިޕީންސް މީހަކާއި ރަޝިއާ މީހަކާއި ގާނާ މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ.

ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ފާއިތުވި ދެދުވަހު ފައްސިވި މީހުންގެ އަދަދަށް ވުރެ ގިނައެވެ. އިއްޔެ ރާއްޖެ އިން ފައްސިވީ 89 މީހުންނެވެ. އޭގެ ކުރީ ދުވަހު ފައްސިވީ 109 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close