ޚަބަރު

މިއަދުވެސް ސަތޭކައަށްވުރެ ގިނަމީހުން ޕޮޒިޓިވް ވެއްޖެ

މިއަދުވެސް 100 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00އާ ހަމައަށް ޕޮޒިޓިވްވެފައިވަނީ 133 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި، 30 ބިދޭސީންނެވެ. އަލަށް ބަލިޖެހުނު ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާގެ 8 މީހަކާއި، ޔޫ.އޭ.އީގެ 2 މީހަކާއި، އިނގިރޭސިވިލާތުގެ 2 މީހަކާއި، ސްރިލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 6912 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 75 މީހުންނެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 4297އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 171 މީހުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1458 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 27 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close