އޯގާތެރި ޖަމްބޯ
އިންސާނީ ޙަޔާތުގައި ޖަނަވާރަކީ އިންސާނުންނަށް ވަރަށް ގިނަ ބޭނުންތައް ފުއްދައިދޭ ވަރަށް ބޭނުންތެރި އެއްޗެކެވެ. މިފަހަރު ތިކުދިންނަށް މިކިޔައިދެނީ، ޖަންގަލީގައި އުޅޭ އެންމެ ބާރުގަދަ ބިޔަ ޖަނަވާރު ކަމަށްވާ އެތެއްގެ ވާހަކައެކެވެ. ޖަމްބޯ ނަމަކަށްކިޔާ، މި ބޮޑު އެތަކީ ވަރަށް އޯގާތެރި އަދި، އެހެން ފަރާތްތަކަށް ރަޙުމްކުރާ އެތެކެވެ. އެއް ދުވަހަކު، ކުޑަ ކުއްޖަކު ރޯން ހުއްޓައި ޖަމްބޯއަށް ފެނިއްޖެއެވެ. ޖަމްބޯ ހަމަވަގުތުން އެ ކުޑަ ކުއްޖާގެ ގާތަށްގޮސް އޭނާ ރޮނީ ކޮންކަމަކާތޯ އަހައި ސުވާލުކޮށްފިއެވެ.
ކުޑަ ފިރިހެންކުއްޖާ ރޮމުން ޖަވާބުދިނެވެ.”އަހަރެން ގެއަށް ފެންގެންދަން ފެންއަޅައިގެން ގެންދިޔަ ބާލިދީގައި ލޯވަޅެއް ހުރިކަން ފާހަގަކުރެވިގެން ބެލިއިރު، ބާލިދީގައިހުރި ހުރިހާ ފެން މިވަނީ އެ ލޯވަޅުން ފައިބައި ހުސްވެފައެވެ. އެކަން އެހެން ދިމާވުމުން، ގެއަށް ފެން ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެން އެކަމާ ދެރަވެގެން ރޮވެނީއެވެ.”
ޖަމްބޯ، އެ ކުޑަ ކުއްޖާ ހިތްހަމަ ޖައްސައިދެމުން ހަދާނެ ގޮތަކާއިމެދު ފުންކޮށް ފިކުރުކޮށް ވިސްނައިލިއެވެ. އެ ކުއްޖާގެ ބޭނުން ފުއްދައިދިނުމަށް، ކޯރުކައިރިއަށް ގޮސް، އެތުގެ ހޮނޑު ފުރެންދެން ފެންއަޅައި ފުރައިލައިގެން އެ ކުޑަ ކުއްޖާގެ ގޭދޮށަށް އޭނާ ގޮވައިގެން ހިނގައްޖެއެވެ. އެ ގޭތެރެއިން ބިލިގާއެއް ގެނެސް އެތުގެ ކޮނޑުގައި ހުރި ފެންތައް އެއަށް
އަޅައި ފުރާލައިދީފިއެވެ.
މިކަމާ ވީއުފަލުގެ ބޮޑުކަމުން، އެ ކުއްޖާ ދޮންކެޔޮ ހިފައިގެން އައިސް ޖަމްބޯއަށް ކާންދީފިއެވެ. ޖަމްބޯ މިކުއްޖާގެ ހެޔޮކަމާމެދުގައި އުފާކުރަމުން އެނބުރި ހިނގައްޖެއެވެ. ހެޔޮކަމެއް ކޮށްދިން ފަރާތަކަށް އޭގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭންވާނެއެވެ.