ކުޑަކުދިންވާހަކަ

ސިންގާއާއި މިނިކާވަގު

ޖަންގަލީގެ ރަސްގެފާނަކީ ސިންގާއެވެ. މިއީ ހުރިހާ ޖަނަވާރުތަކަށްވެސް އެނގިފައި އޮންނަކަމެކެވެ. އެހެންކަމުން ސިންގާ ދިރިއުޅެމުންދަނީ އެސޮރުގެ ބޮޑާކަމާއި އެކުގައެވެ. އަދި އެސޮރުގެ ނުފޫޒު ހިސާބުގަނޑުގައި ދިރިއުޅޭ ހުރިހާ ޖަނަވާރުތަކަށް ފޯރައެވެ. މިހެން ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެއްދުވަހަކު ޖަންގަލީގެ ހުރިހާ ޖަނަވާރުންނާއި ބައްދަލުކޮށް ސައްލާކުރަން ސިންގާ ބޭނުންވިއެވެ.

    ހުރިހާ ޖަނަވާރުތައް އެއްތަންވުމުން ވަރަށް ފަޚުރުވެރިކަމާއިއެކު ސިންގާ އެބަބުނެއެވެ. “މި ސަރަހައްދުގެ ގަސްތަކުން ލިބޭ ކާނާއިން އަހަރެންގެ ބަނޑުހައިކަން ފިލައިގެން ނުދޭ! އެހެންވީމާ ކޮންމެ ދުވަހަކުވެސް އަހަރެންނަށް ކާނާ ނެގެސްދޭން. މިކަމުގައި ބައިވެރި ނުވާ ޖަނަވާރަކަށް ސިންގާރަސްގެފާނުގެ ރައްކާތެރިކަމެއް ނެތް.”

މި ވާހަކަތައް އަޑުއަހާފައި ވިސްނުންތެރި މިނިކާވަގެއް އެބަބުނެއެވެ. “ރަސްގެފާނު ބޭނުންވާ ކާނާ ގެނެސް ދިންކަމުގައި ވިޔަސް އަހަރެމެންނަށް މި ޖަންގަލީގައި ރައްކާތެރި ކަމެއް މިހާރު ނެތް”

ގުޅުންހުރި ލިޔުންތައް

ސިންގާރަސްގެފާނު: “ކިހިނެތްވީ؟ އަހަރެންގެ ޝިކާރައަކަށް ނުވެ މި ޖަންގަލީގައި ތިޔަ ދިރިއުޅެނީ. އެކަމާ ފުރަތަމަ ޝުރުކުރުއަދާކުރޭ!” އަމުރުވެރި ރާގެއްގައި ސިންގާ ގޮވާލިއެވެ.

މިނިކާވަގު: “މި ޖަންގަލީގެ ތެރެއަށް ކޮންމެ ރެއަކުވެސް އެހެން ޖަންގަލިތަކުން ޝިކާރަކުރާ ބިޔަ ޖަނަވާރުތައް އާދޭ! އެ ޖަނަވާރުތަކާއި ކުރިމަތިލަނީ އަހަރެން. އެހެންވީމާ އަހަރެންނަށް ފުރަތަމަ ޝުކުރުއަދާކުރޭ!”.

ކޮންމެއަކަސް މި ބަހުސް ދިގުވެގެން ގޮސް މިނިކާވަގާއި ސިންގާރަސްގެފާނު ތަޅާފޮޅައި ގަނެއްޖެއެވެ. ހޫނުގަދަ ތަޅާފޮޅުމަކަށްފަހު މިނިކާވަގު ބަލިވެގެން ފިލަން ދުވެފިއެވެ. އޭގެ ފަހުން އެޖަންގަލީގެ ތެރެއިން މިނިކާވަގެއް ނުފެނެއެވެ.

ހުރިހާ ޖަނަވާރުތައް އެއްބަސްވެގެން ކޮންމެ ދުވަހަކުވެސް ސިންގާރަސްގެފާނަށް ކާނާ ހޯދައިގެން ގެނެސްދެއެވެ. ޖަނަވާރުތަކަށް އެސޮރުމެންގެ އަމިއްލަ ކާނާ ނުހޯދުނަސް ސިންގާރަސްގެފާނަށް ކާނާ ހޯދަދެއެވެ. އެދުވަހަކު ކާނާ ގެންދަން ޖެހޭ ޖަނަވާރަކު ހުންނަނީ އެކަމާ ފިސާރި ބިރުންނެވެ. ސިންގާރަސްގެފާނު ހިތްޕުޅާނުވާ ކާއެއްޗެއް ގެންނެވިދާނެތީއެވެ.

ކޮންމެއަކަސް މިނިކާވަގު އެޖަންގަލި ދޫކޮށް ދިޔަފަހުން ސިންގާރަސްގެފާނުގެ ޙަޤީޤަތް ހުރިހާ ޖަނަވާރުތަކަށް ވިސްނެން ފެށިއެވެ. އެއީ ކޮންމެ ރެއަކުވެސް ޖަންގާލީގެ އެކިހިސާބުތަކުގައި މަރުވެފައި ނުވަތަ އެއްބައި ކާފައި އޮންނަ ޖަނަވާރުތައް ގިނަވާން ފެށުމުންނެވެ. އެހާ ހިސާބުން އެދުވަހު މިނިކާވަގު ދެއްކި ވާހަކަތައް ހުރިހާ ޖަނަވާރުތަކަށް ޤަބޫލުކުރެވިއްޖެއެވެ. އަދި ސިންގާރަސްގެފާނާއި ފިލައިގެން ރޭގަނޑުގެ ވަގުތުގައި ހުރިހާ ޖަނަވާރުތަކެއް އެ ޖަންގަލީގެ ތެރެއިން ނިކުމެގެން މުޅިން އެހެން ހިސާބަކަށް ދަތުރު ކޮށްފިއެވެ. އެންމެފަހުން އެ ޖަންގަލީގެ ތެރެއަށް އަންނަ މިނިކާވަގުތަކާއި ސިއްގާރަސްގެފާނާއި ކުރިމަތިލާންޖެހުނެވެ.

ވާހަކަ ކިޔުމަށްފަހު ތިރީގައިވާ މަސައްކަތް ފުރިހަމަކޮށްލާ!

ލަފުޒުތަކާއި ގުޅޭ މާނަ ހޯދުމަށްފަހު ގުޅުވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close