ކޮއްކޮގެ ވާހަކަފޮތް (ބަސްފޮތް)
ކޮއްކޮ ފެންވަރާ ރީތިވިއެވެ. އަދި މެންދުރު ކެއުމަށްފަހު ފިލާވަޅުތައް ހެދިއެވެ. ކުޑައިރުކޮޅަކު ކާޓުން ބަލަން އިނެވެ. ކޮއްކޮ ކޮޓަރިއަށް ވަދެ ދަބަހުން ބަސްފޮތް ނެގިއެވެ. ކޮއްކޮ ކޮންމެ ދުވަހަކުވެސް އާ ބަސްތަކެއް ދަސްކުރަން ބޭނުންވެއެވެ. މިއަދު ކޮއްކޮ ފުރަތަމަ ދަސްކުރީ އިބިފިލިޖެހޭ ބަސްތަކެކެވެ.
ރިހި، ތިރި، ހިރި، އިހި، ސިޑި، މިރި، ވިހި، ބިހި އަދި ފިހި، މި ބަސްތައް ރީތިކޮށް ވަރަށް ފަރުވާތެރިކަމާއެކު ކޮއްކޮ ކިޔަމުން ލިޔުނެވެ. ދެން އަބަފިލި ޖެހޭ ބަސްތައް ލިޔުނެވެ. އެއީ އަތަ، އަލަ، ކަފަ، އަކަ، އަނގަ، ޗަކަ، ލަވަ އަދި ތަލަ، މި ބަސްތަކެވެ. ޖެހިގެން އައި ދުވަހު ކޮއްކޮ ދަސްކުރީ އުބުފިލި ޖެހޭ ފަސް އަކުރެވެ. އެއީ މުގު، ބުދު، ދުރު، ބުރު އަދި ކުރު މި ބަސްތަކެވެ. އޭގެފަހުން ޖެހިގެން އައި ހަފްތާގައި އޭބޭފިލި ޖެހޭ 5 އަކުރު ދަސްކުރިއެވެ. އެއީ ޖޭމު، މޭޒު، ފޭރު، ބޭރު އަދި ޗޭނު މި ބަސްތަކެވެ.
ކޮއްކޮއަށް ކިޔަން އެންމެ އުނދަގޫވީ އޯބޯފިލިން ފެށޭ ބަސްތަކެވެ. އެއީ ކޯޅި، މޯޅި، ދޯނި، ޖޯލި، އަދި ގޯނި މިބަސްތަކެވެ. އަދި އީބީފިލީގެ ބަސްތަކާއި އާބާފިލީގެ ތެރެއިން 5 ބަސް ދަސްކުރުމަށް ކުޑަދުވަސްކޮޅެއް ނެގިއެވެ. އެއީ އާރު، ހާރު، ވާލި، ދާނި އަދި ރާނީ މި ބަސްތަކެވެ. އީބީފިލީގެ ބަސްތަކުގެ ތެރެއިން ކޮއްކޮ ދަސްކުރީ ފީނި، މީރު، ބީރު، ރީތި، އަދި ތީރު މި ބަސްތަކެވެ.
(ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ކޮއްކޮ ކާޓޫން ބެލުމަށްފަހު ކުރީ ކޮން ކަމެއް؟
- ކޮއްކޮ އިބިފިލިން ދަސްކުރި ބަސްތައް ލިޔޭ؟
- ކޮއްކޮ އަބަފިލިން ދަސްކުރި ބަސްތައް ލިޔޭ؟
- ކޮއްކޮ އޯބޯފިލިން ދަސްކުރި ބަސްތައް ލިޔޭ؟
- ކޮއްކޮއަށް އުނދަގޫވި އީބީފިއްޔާއި އާބާފިލީގެ ބަސްތައް ލިޔޭ؟