ޚަބަރު

ކޯވިޑް-19 : އިތުރު 16 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 573އަށް އަރައިފިއެވެ.

އެންމެ ފަހުން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 6 މީހަކާއި ސްރީލަންކާގެ މީހެކެވެ. މިއަދުގެ މިހާތަނަށް ރާއްޖެއިން 22 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 573އަށް އިތުރު ވެފައެވެ. އަދި މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 205އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 368އެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެ އިން މިހަފްތާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް އިއްޔެ ވެސް އެޗްޕީއޭ އިން ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

އެޗްޕީއޭ އިން ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި ރާއްޖެ އިން ކޮވިޑް-19 ޖެހޭނެ މީހުންގެ އަދަދު 6000 އަށް އަރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close