އެމްޑީޕީ ވެރިކަމެއް ހިނގަމުން ދާއިރު މި ރާއްޖޭގައި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި: ފައްޔާޒް
އެމްޑީޕީ ވެރިކަމެއް ހިނގަމުން ދާއިރު މި ރާއްޖޭގައި ރަނގަޅުކުރަންޖެހޭ އަދި ބަދަލުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށް އިކޮނޮމިކް މިނިސްތަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަންކަމަށް ކުރައްވާ ކެމްޕެއިންގައި މާލެ އަތޮޅުގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ވެރިކަމެއް ހިނގަމުން ދާއިރު މި ރާއްޖޭގައި ރަނގަޅުކުރަންޖެހޭ ބަދަލުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށެވެ. މިހާތަނަށް ވަރަށް ގިނަ ކަންކަން ކުރެވިއްޖެ ކަމަށާއި، 2023 އެމްޑީޕީއަށް އަނެއްކާވެސް ލިބުމަކީ ޤައުމުގައި ހުރި ކަންކަން ރަނގަޅުކުރުމަށް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތަށް ފާޑުވިދާޅު ފައްޔާޒް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެމްޑީޕީން ނެރޭ ކަހަލަ ސިޔާސަތުތަކެއް ނޫނީ ރައްޔިތުން ބާރުވެރިކުރުވާ ރައްޔިތުން ޑިމޮކްރެޓިކް މުޖްތަމައަކަށް ގެންދަން މަސައްކަތްކުރާތަނެއް ނުފެންނަކަމަށެވެ. އެމީހުން ބަދަލުވިތަން ނުފެންނަކަމަށް ފައްޔާޒް ވިދާޅުވިއެވެ. އިންތިޚާބަށް ވާގޮތަކުން ޕާޓީއަށް ބޮޑު ބަދަލެއް އަންނާނެކަމާމެދު ޝައްކު ނުކުރައްވާކަމަށާއި، ޗެއަރޕާސަންކަން ލިބިއްޖެނަމަ ވެރިކަންކުރާ ޕާޓިއެއްގެ ކުލަ ޖައްސަން މަސައްކަތްކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑުވެފައިވާ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ޗެއަރޕާސަންކަމުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 14ގައެވެ. “ހިންގާލަން” މި ޝިއާރާއެކު ފައްޔާޒާއި، ރޮޒައިނާ ގެންދަވަނީ މުޅި ރާއްޖޭގައި ކެމްޕެއިން ފުޅާކުރަމުންނެވެ.



Hama Hus baisaa. Dhefaharuves thivee fail