ޚަބަރު

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އިއްޔެ އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނިގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ތަކެތި އަތުލައިގަތީ ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކު ކުރެވިގެން، އޭނާގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އަތުލައިގަތް ތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ. ޖުމްލަ 8.4 ކިލޯ (8,490 ގްރާމް) ހުރި މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ފަހަކަށް އައިސް ވައިގެ މަގުން އަތުލައިގަތް އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ބަލައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close