އިތުރު 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭހުގެ ޢަދަދު 55 ށް އަރައިފި
މާލެއިން އިތުރު 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް މިވަގުތާ ހަމައަށް ފަރުވާ ދެމުންދާ މީހުންގެ ޢަދަދު 55 ށް އަރައިފިއެވެ. މީގެ ތެރެއިން 2 މީހުންނަކީ ރާއްޖޭން ބޭރުގައި ފަރުވާދެމުންދާ ދެމީހުންނެވެ. އެހެންކަމުން މިވަގުތު މާލޭގައި ނުވަތަ ރާއްޖޭގައި ފަރުވާދެމުންދަނީ ޖުމުލަ 53 މީހުންނަށެވެ.
އެންމެފަހުން ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލޭޝް މީހެކެވެ. މިއާއެކު ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17އަށް އަރާފައެވެ. އަދި މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 49އަށް އިތުރުވެފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 69އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިހާލަތާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސަސީ ތަކެއްޗާއި ސާމާނު ލުއިގޮތަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.


