ގިރިފުށި މޮނިޓަރިންގ އަށް ލައިފި
ސިފައިންގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ކ.ގިރިފުށި މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ. އަދި އެރަށަށް އަރާފޭބުން މިހާރު ވަގުތީގޮތުން މަނާކޮށްފައިވާކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ލިބެއެވެ.
ގިރިފުއްޓަކީ ސިފައިން އަސްކަރީ ތަމްރީނުހެދުމަށް ޚާއްސަ ރަށެކެވެ. އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިހާރު ސިފައިންގެ ޓްރެއިނިންގ ހަދަމުންދާ ބައެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު ގިރިފުށީގައި ކޮންޓެކްޓް ޓެރޭސިންގ ގެ މަސައްކަތް ފަށާއިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޯވިޑް-19އާއި ގުޅިގެން އިސްސަފުގައި ޙަރަކާތްތެރިވަމުން އަންނަ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވެއެވެ.
