ކަފާލާތުގެ ދަށުން ދޫކޮށްލި އަރްޔަން ޚާން އެންސީބީ އަށް ހާޒިރުވެއްޖެ
ކަފާލާތުގެ ޝަރުތުތަކާ އެއްގޮތަށް އަރްޔަން ޚާން މުމްބާއީގައި އެންސީބީއަށް ފުރަތަމަ ފަހަރަށް ހާޒިރުވެއްޖެއެވެ.
މުމްބާއީ ކްރޫޒް ޑްރަގްސް މައްސަލާގައި މިދިޔަ ހަފުތާގައި ބޮމްބޭ ހައިކޯޓުން ކަފާލާތުގެ ދަށުން މިނިވަން ކުރި ރަޔަން ޚާން ފުރަތަމަ ފަހަރަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވެއްޖެއެވެ.
ދޫކޮށްލިތާ ހަފުތާއެއްގެފަހުން އެންސީބީއަށް ހާޒިރުވުން ވެގެން ދިޔައީ ބޮމްބޭ ހައިކޯޓުން 23 އަހަރުގެ ޒުވާނާއަށް ކަފާލާތުގެ ފުރުސަތު ދިން އިރު ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަށެވެ.
އަރްޔާން ޚާން ދެކުނު މުމްބާއީގައި ހުންނަ އެންސީބީގެ އޮފީހަށް ދިޔައީ އޭނާގެ ގާނޫނީ ވަކީލު ނިކިލް މަނޭޒިންޑޭއާއެކު ހުދު ކުލައިގެ ރޭންޖް ރޯވަރ ކާރެއްގައެވެ.
ކްރޫޒް ޝިޕް ޑްރަގްސް ގެ މައްސަލާގައި ހައްޔަރު ކުރުމާ ގުޅިގެން 22 ދުވަސް ޖަލުގައި ހޭދަކުރުމަށް ފަހު އަރްޔާން ޚާން މުމްބާއީގެ އާތަރ ރޯޑް ޖަލުން ދޫކޮށްލީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އަރްޔާން ހައްޔަރު ކުރުމާ ގުޅިގެން 22 ދުވަސް ބަންދުގައި ހޭދަކުރުމަށް ފަހު އަރްޔަން ޚާން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މުމްބާއީގެ އާތަރ ރޯޑް ޖަލުން ދޫކޮށްލާފައެވެ.
ބޮމްބޭ ހައިކޯޓުން އަރީން ޚާން އާއި އެމައްސަލައިގައި ތުހުމަތު ކުރެވޭ އަރްބާޒް މާޗަންޓް އަދި މުންމުން ދަމޭޗާގެ މައްޗަށް ކަފާލާތުގެ ދަށުން 14 ޝަރުތެއް ކަނޑައަޅާފައި ވާއިރު، ކަފާލާތުގެ ދަށުން އެމީހުންވެސް ވަނީ މިނިވަންކޮށްފަ އެވެ.
ހައިކޯޓުން ބުނީ އަރީން ޚާން އަށް ޖެހޭނީ އެންޑީޕީއެސް ގެ ކޯޓަށް ޕާސްޕޯޓް ހަވާލުކުރަން ކަމަށާއި ސްޕެޝަލް ކޯޓުގެ ހުއްދަ ނުނަގައި އިންޑިއާ އިން ބޭރަށް ނުދިއުމަށާއި އޭނާ އެއްވެސް ތާކަށް ފުރައިގެން ނުދާކަން ކަށަވަރު ކުރުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު 2:00 އާ ދެމެދު އެންސީބީގެ އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.


