ޚަބަރު

ކުޅުދުއްފުށިން އިތުރު ބަޔަކު ފައްސިވެ، އަދަދުތައް 76އަށް

ހދ. ކުޅުދުއްފުށިން ނެގި ރެންޑަމް ސުންކުތަކެއް ކޮވިޑަށް ފައްސިވެ، އެ ސިޓީން ފައްސިވީ މީހުންގެ އަދަދު 76އަށް އަރައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، ކުޅުދުއްފުށިން ވަކި ތަރުތީބެއް ނެތި އިއްޔެ ނެގި ތިން ފައްސިވެފައި ވެއެވެ. އަދި މިއަދު އެފަދަ ހަތް ސުންކަކާއި އެއް ފްލޫ ސުންކުގެ އިތުރުން އެއްތާވި މީހުންގެ ތެރެއިން 5 ސުންކެއް ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ކޮވިޑް-19އަށް ކުޅުދުއްފުށިން ފައްސިވީ ވޭދަނަތަކާ ގުޅިގެން މިވަގުތު އެ ސިޓީ އިން 30އަށް ވުރެ ގެ ވަނީ މޮނީޓަރިންގަށް ލައިފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ.އަތޮޅުގެ 7 ރަށަކުން ކޮވިޑް ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން ކުޅުދުއްފުށި ފިޔަވައި އެންމެ ގިނަ ވޭދަނަ ފެނިފައި ވަނީ ނޮޅިވަރަންފަރުންނެވެ. އެރަށުން 65 ކޮވިޑް ވޭދަނަ ވަނީ ފެނިފައެވެ.

އެ އަތޮޅު ނައިވާދޫއިން 26 ވޭދަނަ ފެނިފައިވާއިރު ވައިކަރަދޫއާއި ނެއްލައިދޫން ވަނީ 6 ވޭދަނަ ފެނިފައެވެ. އަދި ކުރިނބީން 2 ވޭދަނައާއި ނޮޅިވަރަމުން 4 ވޭދަނަ ވަނީ ފެނިފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close