ޚަބަރު

އައްޑޫސިޓީގައި ފިހާރަތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް ފަށަނީ

ކޯވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ އައްޑޫސިޓީގައި ފިހާރަތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް ފަށަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ނިންމާފައިވަނީ މިއަދު ހަވީރު 5:00 ގެ ފަހުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ޢާއްމު ވިޔަފާރިގެތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތްކަމަށް ފެށުމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަމާ ގުޅިގެން ކުރެއްވި ޢިއުލާނުގައިވަނީ، 19 އެޕްރީލްވާ އާދީއްތަދުވަހު ހަވީރު 5:00ގެ ފަހުން ޢާއްމު ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މީގެފަހުން ދެން ހަމައެކަނި ދެވޭނީ ޑެލިވަރީގެ ޙިދުމަތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެކައުންސިލުން މިހާރު ވަނީ ޑެލިވަރީގެ ޚިދުމަތްދޭނެ ވިޔަފާރިތަށް އެރަށެއްގެ ސޯޝަލް ސަޕޯޓު ޑެސްކުގައި ރަޖިސްޓްްރީ ކުރުމަށް އަންގާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަން އިއުލާން ކޮށްފައިވަނީ ލަމާރުކަޒީ ނޫނާއި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިނިންމެވުމުގެ އިތުރުން މިމަހުގެ 17ވަނަ ދުވަހު އައްޑޫސިޓީގައި ރޭގަނޑު ޑެލިވަރީ ޙީދުމަތް ފިޔަވައި އެހެން ޢާންމު ވިޔަފާރި ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީން މިހާތަނަށް އެއްވެސް ކޭސްއެއް ފެނިފައި ނުވެއެވެ. އެހެންނަމަވެސް ސ.ހިތަދޫ، ނޫމަސްވާދީ ވަނީ މޮނީޓަރިން ހާލަތުގައެވެ.

ރާއްޖޭގެ އުތުރުން ހއ.އުލިގަމުންވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ގާކޮށިން އެރަށަށް ދަތުރުކުރި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close