ޚަބަރު

ހުޅަނގު ޔޫރަޕްގައި ޕޮޒިޓިވް ކޭސް އެއްމިލިޔަނަށް އެރި ފުރަތަމަ ޤައުމަކަށް ސްޕެއިން ވެއްޖެ

ކޮވިޑް-19ގެ ހާލަތު ގޯސްވެ ހުޅަނގު ޔޫރަޕްގެ ކޮވިޑް ޕޮޒިޓިވްކޭސް އެންމެގިނަ ޤައުމަކަށް ސްޕެއިން ވެއްޖެއެވެ.

ސްޕެއިން ގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. އެޤައުމުގައި މިހާރުވަނީ ޖުމުލަ ޕޮޒިޓިވް ކޭސް އެއްމިލިޔަނަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުވެސް 16973 މީހުން ޕޮޒިޓިވް ވެފައެވެ. ސްޕެއިން އިން އަންނަނީ ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން މަރުވަމުންނެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުގެ 47 މިލިއަން އާބަދީގެ ތެރެއިން 1005295 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 34000 އަށްވުރެ ގިނަމީހުން ވަނީ މިބަލީގައި މިހާތަނަށް މަރުވެފައެވެ.  

ސްޕެއިން އިން ވައިރަސް ކޮންޓްރޯލުކުރުމަށް ހަރުކަށި ލޮކްޑައުން އިއުލާނުކޮށް ގައުމުގެ އިގުތިސޯދު ވަނީ މަޑުޖައްސާލާފައެވެ.

ޔޫރަޕްގައި ކޮވިޑް ޖެހުނު މީހުން ދެވަނައަށް އެންމެ ގިނަ ޤައުމަކަށް ފްރާންސްވެފައިވާއިރު 900000 އަށްވުރެ ގިނަމީހުންނަށް ބަލިޖެހިފައިވާ ކަމަށް އެޤައުމުންވަނީ އިޢުލާން ކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ ކޭސް އިޢުލާންކޮށްފައިވަނީ އިނިގިރޭސި ވިލާތުންނެވެ. އެޤައުމުންވަނީ 700000 އަށްވުރެ ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close