ޚަބަރު

މާފަރުގައި ސެލްފް ސާރވިސް އޭ.ޓީ.އެމެއް ބަހައްޓަނީ

ނ. މާފަރުގައި ސެލްސާރވިސް އޭ.ޓީ.އެމް ޢިމާރާތެއް ހެދުމަށް އިޢުލާނުކޮށްފިއެވެ.

އިއްޔެ ބެންކު އޮފް މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ މަސައްކަތަށް ބީލަން ހުށަހަޅުއްވަން ބޭނުންފުޅުވާ މަޢުލޫމާތު ޝީޓް އަދި ބީލަމާ ގުޅޭ ލިޔުންތައް އެ ބެންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި އެކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ބެންކުން އަންގާފައިވާގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުން އެދޭކަމަށެވެ.

ބެންކުން ހާމަކުރައްވާގޮތުގައި މަޢުލޫމާތު ސާފުކުރުން އޮންނާނީ 06 ފެބުރުވަރީ 2022 ވަނަ ދުވަހުގެ މެންދުރު 02:00 ގައި ނ.މާފަރު ކައުންސިލް ޢިދާރާ ނުވަތަ ބޭންކު އޮފް މޯލްޑިވްސް ޕލކ ހެޑް އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، ޕްރޮކިއުމަންޓް މީޓިން ރޫމުގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބޭންކަށް ވަޑައިގެންކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ 15 ފެބުރުވަރީ 2022 ވަނަ ދުވަހުގެ މެންދުރު 02:00 ގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close