2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރައްވާނެ – ޑރ.ޖަމީލް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ”އައްޑަނަ“ ޖަލްސާގައި ޖަމީލް ވިދާޅުވީ ހަމައެހެންމެ ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވެވޭނީ އެ މަނިކުފާނަށް ކަމަށާއި، ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނީ ރައީސް ޔާމިން ހިމަނައިގެން ކަމަށެވެ.
”ރަނގަޅަށް ކަނުލައި އަޑުއައްސަވާ! ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނީ ރައީސް ޔާމިން ހިމަނައިގެން. އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ.“ ޕީޕީއެމްގެ އެޑްވައިޒަރު ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްގައި އެއްވަނައަށް ވެސް، ދެވަނައަށް ވެސް، ނޫންނަމަ ތިންވަނައަށް ނުވަތަ ސަތޭކައަށް ވެސް އޮންނާނީ ހަމަ ރައީސް ޔާމިންގެ ނަންފުޅު ކަމަށެވެ.
ރައީސް ޔާމިންގެ ވަކީލު ޖަމީލު މިހެން ވިދާޅުވި ނަމަވެސް، ރައީސް ޔާމިނަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ޙުކުމް ސްޕްރީމް ކޯޓުން ބާތިލު ނުކޮށްފިނަމަ، އެ މަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ކަލޭއަށްނައިބުރައިސުކަންދީފާފަހަތުން ބޭތުކޮއްލާނީ