ޚަބަރު

އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް: އިމްރާން


ބަޔަކު މީހުން ކިތަންމެ ނުރުހުން ވިޔަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށްނޫން. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމުގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ހިންގަމުންދާ ދީނާއި ޚިލާފް ކަންތައްތަކާއި، ތަފާތު އެކި މައްސަލަތަކުގައި ހޯމް މިނިސްޓަރަކަށް އިމްރާން ހުންވައިގެން ޢަމަލު ކުރައްވަމުންދާ ގޮތާއިމެދު ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުން ކަމުގައިވީނަމަވެސް އަދާލަތު ޕާޓީގެ މަސައްކަތް އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށެވެ. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައި އިމްރާން ވިދާޅުވިއެވެ.

ބަޔަކު މީހުން ކިތަންމެ ނުރުހުން ވިޔަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށްނޫން. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް.

– އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ އިސްލާމްދީނާއި ޚިލާފް އެތައް ކަމެއް ރާއްޖޭގައި ހިންގަމުންދާއިރު އެކަންކަމާއި އެޕާޓީން މާބޮޑު އަޅާލުމެއް ނުބައްޓާތީއެވެ. މީގެ ކުރިން ދީނާއި ޚިލާފް ކަންކަން ކުރުމުގާއި، ނުހައްގުން ހިންގޭ އެކި ކަންމުގައި އަދާލަތު ޕާޓީ އަކީ ވަރަށް ވަރުގަދައަށް ރާއްޖޭގައި މަސައްކަތް ކުރި ޕާޓީއެކެވެ. ނަމަވެސް މިސަރުކާރުގެ އިސް މަޤާމުތަކުގައި އަދާލަތު ޕާޓީގެ ބޭފުޅުން ތިބެ ދީނާއި ޚިލާފް އެތައް ކަމެއް ހިންގަމުންދާއިރު އެކަންކަމަށް އެކެށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލައަކީވެސް ގިނަ ބަޔަކު ފާހަގަ ކުރާކަމެކެވެ.

އަދާލަތު ޕާޓީއަކީ މީގެ ކުރިން ދީނީ ކަންކަން ފުޅާކޮށް ހިންގުމަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދިޔަ ޕާޓީއެއް ނަމަވެސް މިފަހުން އެޕާޓީގެ އެފަދަ ހަރަކާތްތައްވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އެއް ކޮމެންޓް

  1. ތިމަހުފޫމުގާ އަދާލަތު ދަނީފަހަރަކަންފަހު ފހރެން ފަހަތައް ދޮގަކީވެސް ބރުޖެހޭއެއްޗެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close