ޚަބަރު

ޑެންގޫ ޖެހިގެން ތުއްތު ކުޑަކުއްޖަކު ނިޔާވެއްޖެ


ޑެންގޫ ޖެހުނު ތުއްތު ކުއްޖަކު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ ޑެންގޫ ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ އަކީ ޑެންގޫ ޖެހިގެން ރ. އަތޮޅުން އިތުރުފަރުވާއަށް މާލެ ގެނައި ކުއްޖެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އެ ކުއްޖާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.

ކުޑަކުދިންނަށް ޑެންގޫ ހުން ޖެހޭ މިންވަރު އިތުރުވާތީ ޑރ. ފައިސަލް ވަނީ މަދިރި އާލާވުން ހުއްޓުވުމަށާއި ކުދިން ގައިގާ މަދިރި ހެފިޔަނުދިނުމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޑެންގީ ހުންޖެހިގެން ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށާއި ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close