ރޭ ގެއްލިގެން ހޯދަމުން ދިޔަ ދެމީހުން ފެނިއްޖެ
ރޭ ގެއްލިގެން ހޯދި ދެ މީހުން ގދ.ހުޅުމާވަރުލު ކިޔާ ފަޅު ރަށެއްގައި ތިއްބާ ފެނިފައިވާ ކަމަށް ސިފައިން ބުނެފިއެވެ.
އެމް އެން ޑީ އެފް އިން ހާމަ ކުރެއްވި ގޮތުގައި އެމީހުން ފެނުނު އިރު އެމީހުންގެ ހާލު ރަނގަޅެވެ. ގެއްލިގެން ހޯދަމުން ގެންދިޔައީ ދިވެހި ފިރިހެނުންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެމީހުން ފެނުނީ ގދ.ހުޅުމާވަރުލު ކިޔާ ފަޅު ރަށެއްގައި ތިއްބާ ކަމަށެވެ.
ގެއްލުނު މީހުން އެ ރަށުގައި މަޑުކޮށްގެން ތިބީ ދިޔަވަރު ހިކި ދަތުރުކުރަން ދަތިވުމާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ދެމީހުން ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރީ ރޭ 22:03 ކަންހާއިރުއެވެ. އެމީހުން ފެނުނީ ރޭ މެންދަމު އެވެ.
ދެމީހުން ދަތުރުކުރީ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފް އިން ކުރިން މައުލޫމަތު ދިން ނަމަވެސް އެމީހުން ދަތުރު ކޮށްފައި ވަނީ ބައްތެއްޔެއްގައެވެ.

