ދިރާގު މުވައްޒިފުން މެދުގައި ބާއްވާ އެންމެ ފޯރިގަދަ ‘ޑެސްކަޕް 2022″ މުބާރާތް ނިންމާލައިފި!
ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ 16 ވަނަ އަހަރީ ފުޓްސަލް މުބާރާތް “ޑެސްކަޕް 2012” ނިންމާލައިފިއެވެ.
ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުންއަންނަ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކާ ކަޕް ނުވަތަ “ޑެސްކަޕް” ވަރަށް ކުލަގަދަ ގޮތަކަށް މިދިޔަ ބުދަ ދުވަހި ނިންމާލައިފިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދެ އަރުގެ މެދުކެނޑުމަކަށްފަހު މި ފޯރިގަދަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 9 އިން 16 އަށެވެ.
މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަ ލީގް، މެންސް ސުޕަ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ. މިއަހަރުގެ މެންސް ޕްރިމިއަ ލީގު ފައިނަލުގައި “ނެޓްވާރކްސް ޔުނައިޓެޑް” އަދި “އާރް.އޯ.ސީ ޔުނައިޓެޑް” ބައްދަލު ކުރި މެޗް 2-0 އަކުން ކާމިޔާބު ކޮށްފައިވަނީ “ނެޓްވާރކްސް ޔުނައިޓެޑް” އެވެ. މެންސް ސުޕަ ލީގު ފައިނަލުގައި ރޮކާޒް އަދި “ފައިނާންޒެޒް” ބައްދަލު ކުރި މެޗް 6-2 އަކުން ކާމިޔާބު ކޮށްފައިވަނީ “ރޮކާރޒް” އެވެ. ވިމެންސް ފިއެސްޓާ ގެ ފައިނަލުގައި އަދި “ސީއެސްސީ ހޯކްސް” އަދި “ސޭލްސް ފޯރސް” ބައްދަލުކުރި މެޗް 3-5 ޕެނަލްޓީއިން ކާމިޔާބު ކުރީ “ސޭލްސް ފޯރސް” އެވެ.
މީގެ އިތުރުން، ކޮންމެ ޑިވިޝަނަކުން ޓޮޕް ސްކޯރާ، ބެސްޓް 5 ޕްލޭޔަ، ޑްރީމް ޕްލެޔަރ އަދި ފެއާ ޕްލޭ ޓީމް ވަނީ ހޮވާފަ އެވެ. މި މުބާރާތުގައި ޖުމްލަ 24 ޓީމުން 390 ކުޅުންތެރިން ބައިވެރިވި އެވެ. މީގެ ތެރޭގައި 2 ޓީމެއް ބައިވެރިވެފައިވަނީ ދިރާގުގެ ރީޖަނަލް ސެންޓަރު ތަކުންނެވެ.

