ޚަބަރު

ކަރަންޓީން ކުރާ ރަށްތައް ނޫން އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ – މިނިސްޓްރީ

ވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދާއި އަދި ކަރަންޓީނު ކޮށްފައިވާ ރަށްރަށުގައި ނޫން އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނީޓަރިންގ ހާލަތަށް ގެންނަ ރަށްތައް އެކަނި ކަމަށެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށްގެންދިއުމަށް ދަންނަވާ ކަމަށާއި، އަދި ޖަމާއަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނީޓަރިންގ ހާލަތަށް ގެންނަ ރަށްރަށް އެކަނި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

އަދި ޖަމާއަތުގައި ނަމާދު ކުރުން މަދުކަނޑާލަން ޖެހޭ ރަށްރަށް އިސްލާމިކް މިނިސްޓްރީން އަންގާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން މިގޮތަށް އަންގާފައި ވަނީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން މުޅި ރާއްޖެ ފުރަބަންދު ކުރުމަށް ނިންމުމާއި ގުޅިގެން ބަޔަކަށް އޮޅުން އަރާފާނެތީއެވެ،

އިސްލާމިކް މިނިސްޓްރީން ކުރިން ވެސް އިރުޝާދު ދީފައިވާގޮތުން، ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދޭނެއެވެ.

މާލެއިން ކޮވިޑް19 އަށް ކޭސް ފެނިފައިވާެއިރު، މާލެ ސިޓީ އާއި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމި ނިންމުން މާދަމާ އަސްރު ނަމާދަށް ހަމަވާނެ އެވެ.

މިހާރު މާލެ ސަރަހައްދުވެސް އޮތީ 14 ދުވަހަށް ފުރަބަންދުކޮށްފައެވެ. އަދި މިއަދު ހުކުރު ހުތުބާ ވަނީ ސްޓޫޑިއޯއިން ލައިވްކޮށްފައެވެ.

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަނީ އެ ރަށެއްގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުންނެވެ.

މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި “ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،” މިގޮތަށް ގޮވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close