ޚަބަރު

ހިތަދޫގެ ބައި އިލެކްޝަނުގައި އެމްޑީޕީ ބަލިކޮށް ޕީޕީއެމް ކާމިޔާބުކޮށްފި

ހިތަދޫގެ ބައި އިލެކްޝަނުގައި އެމްޑީޕީ ބަލިކޮށް ޕީޕީއެމް ކާމިޔާބުކޮށްފިއެވެ.

ހިތަދޫގެ ބައި އިލެކްޝަނުގައި ދެ ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރީ އައިމިނަތު ޝާހިދާއެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރީ ނަޒީހާ އަހުމަދުއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު ނަޒީހާ ކާމިޔާބު ކުރީ 141 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ނަޒީހާއަށް ޖުމުލަ 567 ވޯޓު ލިބިފައިވާއިރު ޝާހިދާއަށް ލިބުނީ 426 ވޯޓެެވެ.

ގުޅުންހުރި ލިޔުންތައް

އިންތިހާބުގައި ޖުމުލަ 12،142 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 1،007 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ބަލާއިރު ނިސްބަތުން މަދު އަދަދެކެވެ.

ބާތިލު ވޯޓުގެ ގޮތުގައި 14 ވޯޓު ލާފައިވެއެވެ.

ހިތަދޫ ބައި އިލެކްޝަންގެ އިތުރުން ތ. ވަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް އައިރު އަދި އޭގެ ނަތީޖާ ލިބިފައެއް ނުވެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close