ޚަބަރު

ވައި ނުސާފުވުމުގެ ސަބަބުން ނިއު ދިއްލީއިން އިމާރާތް ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައިފި

ވައިގެ ކޮލިޓީ ‘މަޑުމަޑުން ރަނގަޅުވަމުން’ އަންނަ އިރު، ނިއު ދިއްލީއިން އިމާރާތް ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، އިމާރާތްކުރުމުގެ ހަރަކާތްތައް ހިންގުން މަނާކޮށްފައި އޮތް އޮތުން އުވާލި ނަމަވެސް، ސްކޫލްތަކާއި އޮފީސްތައް މަދުވެގެން ބުދަ ދުވަހާ ހަމައަށް ބަންދުވާނެ ކަމަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހޯމަ ދުވަހު 500 ގެ ސްކޭލެއްގައި 303 އަށް ވެއްޓުނުއިރު، މިއީ މީގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން  ހުރީ  499 ގައެވެ.

ސަރުކާރުގެ މޮނިޓަރިން އޭޖެންސީތަކުން ބުނާ ގޮތުގައި އޭކިއުއައިގެ މިހާރުގެ ލެވެލްތަކުން އަދިވެސް ދައްކުވައިދެނީ ވައި ވަރަށްބޮޑަށް ނުސާފުވެފައިވާ ހާލަތެކެވެ.

“ވައިގެ ކޮލިޓީ މަޑުމަޑުން ރަނގަޅުވަމުން ދަނީ،” ވެރިރަށް އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ވައިލްޑްލައިފް ޑިވެލޮޕްމަންޓް މިނިސްޓަރު ގޯޕާލް ރާއީ ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

“މަސައްކަތްތެރިންނަށް ދަތިތަކާ ކުރިމަތިވަމުން ދިޔަ، އެހެންވެ އަޅުގަނޑުމެން ނިންމީ ކޮންސްޓްރަކްޝަން ހަރަކާތްތައް އަލުން ފަށަން.” މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close