ޚަބަރު

ޗުއްޓީ ނިންމާލުމަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ފުރަތަމަ ޓާމުގެ ބަންދަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ދެވަނަ ޓާމުގެ ކިޔެވުން މިއަދު އަލުން ފަށައި، ހުރިހާ ސްކޫލުތަކެއްގެ ހަރަކާތްތައް އަލުން ބާރުމިނުގައި ހިންގަން ފަށައިފިއެވެ. 16 ދުވަހުގެ ކުރު ޗުއްޓީއަކަށްފަހު ދަރިވަރުން އެނބުރީ ކްލާސްރޫމުތަކަށް ނުކުމެފައިވަނީ އާ އުންމީދުތަކަކާއެކުގައެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ދިން ޗުއްޓީއަށްފަހު މިއަދު ފެށުނު ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ދަރިވަރުންނަށް ލިބިގެންދާނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ބޮޑު ޗުއްޓީއެކެވެ. އެ ޗުއްޓީ ނިމޭނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

މި ހިނގާ ދިރާސީ އަހަރު ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، ގްރޭޑް 1 އަށް އަލަށް 4,790 ދަރިވަރުން ވަނީ ގުޅިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ހޯދި 1,748 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލުތަކަށް ވަން 3,042 ދަރިވަރުން ހިމެނެއެވެ.

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މުޅި ރާއްޖޭގައި 84,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އެ ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,000 އަށްވުރެ ގިނަ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close