ކުޑަކުދިންވާހަކަ

ޖަވިޔަނިން- ޖޭމު

ޖަވިޔަނިން – ޖޭމު   (ކުޑަކުދިންގެ ވާހަކަ 51)

     އެއީ ޖޫން މަހުގެ ދިހަވަނަ ދުވަހެވެ. ޖަލްވީގެ ކުޑަކުޑަ އާއިލާ ދިރިއުޅޭ ގެއަކީ ތަފާތު މޭވާ ގަސްތަކުން މުއްސަނދިވެފައިވާ ގެއެކެވެ. އެގޭ ބަދިގެ ފަރާތުގައި ޖޭމު ގަހަކާއި ޖަންބު އަދި ޖަނބުރޯލްގަހެއް ހުރެއެވެ. އޭގެއިތުރުން މިރުސް، ކޮޕީ، ކިއުކަންބާވެސް ހައްދާފައި ހުރެއެވެ.

             މިދުވަސްވަރު  ގެއިން ބޭރަށް ދިއުން ރަނގަޅު ނޫންކަމުން ގޭގަ ހުރެ ކޮށްލާނެ ކަމަކާ މެދު ޖަލްވީ ވިސްނާލިއެވެ. ޖަލްވީ ހުރީ ޖޭމު ގަސް ދޮށުގައެވެ. އޭނާ އަތުގައި ޖޭމު އަޅާނެ ޖޯޑެއް އޮތެވެ. ޖޭމް ބިނދެގެން ބަދިގެއަށް ދާން ޖަލްވީ ހިނގައިގަތެވެ. އެވަގުތު ފެނުނީ ޖަންބުގަހުގައި ހުރި ޖަންބުތައް ދޮންވެފައި ހުރިތަނެވެ. ދެން ޖަލްވީ ބޭނުންވީ ޖޭމާއި ޖަންބުގައި ޖޫސް ގިރާށެވެ. ފުރަތަމަ ގެއަށް ވަދެ މަންމަ ކޮބައިތޯ ޖަލްވީ ބެލިއެވެ. އޭރު މަންމަ އުޅެނީ ގޭތެރެ ސާފުކުރާށެވެ. ޖަލްވީ ބަދިގެއަށް ވަނެވެ. ފުރަތަމަ ދެ އަތް ރީތިކޮށް ސައިބޯނިލައިގެން ވިހި ސިކުންތު ވަންދެން ދޮވުނެވެ. އަދި ޖޭމްތަކާއި ޖަންބުތައްވެސް ރަނގަޅަށް ދޮވުނެވެ. އެއަށްފަހު ޖަގު ނަގާ ޖަންބުތައް ކޮށާލިއެވެ.

ގުޅުންހުރި ލިޔުންތައް

      ފަނިގިރާ ނިމުމުން އައިސް އަލަމާރިއަށް ލިއެވެ. އަލަމާރިން ގަނޑުވެފައި އޮތް ޖެލީއެއް ފެނުމުން އެނަގާ ޖަލްވީ ބޯން ފެށިއެވެ. މަންމައަށް އެތަން ފެނިގެން ބުންޏެވެ. “ދަރިފުޅާ! ޖަލްވީ ރޯގާ ޖެހިގެން އުޅޭއިރު ފިނިއެއްޗިހި ބުއިމަކީ ރަނގަޅު ކަމެއް ނޫން.” އެވަގުތު ޖަލްވީ މަންމަގެ ބަސް ޤަބޫލުކޮށް ޖެލީ ބުއިން ހުއްޓާލިއެވެ.  (ނިމުނީ)

މަސައްކަތް 1

ވާހަކަ ކިޔުމަށްފަހު ތިރީގައިވާ  ތަކެތީގެ ތެރެއިން ޖަބިޔަނިން ފެށޭ ތަކެތީގައި ރަނގަޅު ފާހަގަ ލާށެވެ.

މަސައްކަތް 2

ވާހަކަ ކިޔުމަށްފަހު ހުސްތަންތަން ފުރިހަމަ ކުރާށެވެ.

  1. ބަދިގެ ފަރާތުގައި ———- ގަހަކާއި ———- އަދި ————-ގަހެއް ހުރެއެވެ.
  2. ދެން ޖަލްވީ ބޭނުންވީ ޖޭމާއި ޖަންބުގައި ———– ގިރާށެވެ.
  3. އަލަމާރިން ގަނޑުވެފައި އޮތް ———— ފެނުމުން އެނަގާ ޖަލްވީ ބޯން ފެށިއެވެ.

މަސައްކަތް 3

ސުވާލުތަކަށް ޖަވަބު ދޭށެވެ.

  1. ޖަލްވީމެން ގޭގައި ހުންނަ ގަސްތަކުގައި ތެރެއިން ޖަވިޔަނިން ފެށޭ ދެ ގަހަކީ ކޮބާ؟
  2. ޖަލްވީ ބަދިގެއަށް ވަދެ ފުރަތަމަ ކުރީ ކޮންކަމެއް؟
  3. ފިނިތަކެތި ގިނައިން ބޯނަމަ ވާނީ ކިހިނެތް؟

ޖަވާބުތައް

މަސައްކަތް 1

  1.  ޖޭމު ، ޖަންބު ، ޖަނބުރޯލް
  2.   ޖޫސް
  3. ޖެލީއެއް

މަސައްކަތް 3

1، ޖޭމް، ޖަންބު، އަދި ޖަބްރޯލް

2. ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުނީއެވެ.

3. ރޯގާ ޖެހުން ގާތް ވާނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close