ޚަބަރު

ތެލެސީމީއާ ކުދިންނަށް ލޭއެޅުމުގެ ޚިދުމަތް ލަންދޫގައި ދޭންފަށައިފި

ނ.ލަންދޫގައި ހުންނަ އެރަށު ސިއްހީ މަރުކަޒުން ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ލަންދޫ ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް މީގެ މަހެއްހާ ދުވަސްކުރިން ފެށިފައިވީނަމަވެސް ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ޚިދުމަތް ދޭން ފެށުނީ އިއްޔެއެވެ.

އިއްޔެ މިފެށި ޚިދުމަތުގެ ސަބަބުން ލަންދޫގައި ތިބި ތެލެސީމިއާ ކުދިންގެ އިތުރުން އެއަތޮޅު މާޅެންދޫއާއި، މާފަރުގައި ތިބޭ ތެލެސީމިއާ ކުދިންނަށްވެސް ލިބިގެންމިދިޔައީ ވަރަށް ފަސޭހަ ފަހި ފުރުޞަތެއްކަމަށް ލަންދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

މިހާތަނަށް އެރަށު ސިއްޙި މަރުކަޒުގައި ލޭއަޅާ، ތެލެސީމިއާ ޖުމުލަ 7 ކުދިން ވަނީރެޖިސްޓްރީ ކޮށްފައި ކަމަށާއި، އެކުދިންނަށް މެދުކެނޑުމެއްނެތި ޤަވާއިދުން ލޭއެޅުމުގެ ޚިދުމަތް ދިނުމުގެ އިންތިޒާމް އެ މަރުކަޒުގައި ހަމަޖެހިފައިވާ ކަމަށް ލަންދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

އަދި ލޭހަދިޔާ ކުރައްވަން ބޭނުންފުޅުވާ އެންމެހައި ބޭފުޅުން ސިއްހީ މަރުކަޒަށް ވަޑައިގެން ލޭހަދިޔާ ކުރައްވަމުން ގެންދިއުމަށްވެސް އެމަރުކަޒުން އެދިވަޑައިގަންނަވައެވެ. ލޭހަދިޔާ ކުރާ ފަރާތްތަކަށް ހަމަ ކޮންމެ ވަގުތެއްގައިވެސް މަރުޙަބާ ކިޔާނެކަމަށާއި، އެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ލަންދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

ލަންދޫގައި ލެބޯޓްރީއެއްގެ ޚިދުމަތް ރަސްމީކޮށް ދޭންފެށީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަދުވަހުއެވެ. އެރަށު ލެބޯޓްރީ ހުޅުއްވައިދެއްވީ ހެލްތްމިނިސްޓަރ އަމީން އެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close