އަންޖުން ނިޔާވުމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ތައުޒިޔާގެ ބަޔާނެއް ނެރެފި
ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި ރޭ ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ފާތުމަތު އަންޖުން ޝަފީޤު ނިޔާވި ހިތާމަވެރި ޙާދިސާއާއި ގުޅިގެން ކީރިތި ޤުރުއާނާބެހޭމަރުކަޒުން ތައުޒިޔާގެ ބަޔާނެއް މިރޭ ނެރެފިއެވެ.
އެބަޔާނުގައި ވަނީ 12 ނޮވެންބަރު 2019 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހިނގާދިޔަ ހިތާމަވެރި ޙާދިޘާއެއްގައި މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކ. ތުލުސްދޫ / ބޮނަސޭރާ، ފާތިމަތު އަންޖަމް ޝަފީޤަކީ އެ މަރުކަޒުގެ ޙިފްޡު ކުލާހުގައި ކިޔަވަމުންދިޔަ ދަރިވަރެއްކަމަށެވެ.
އަލްމަރުޙޫމާ ފާތިމަތު އަންޖަމް ޝަފީޤަކީ ބަސްއަހާ ކިޔަމަންތެރި ދަރިވަރެއްކަމަށާއި، މީގެ އިތުރުން އެމަރުކަޒުގެ ހިފްޛުކުލާހަށް ބަރާބަރަށް ކިޔަވަން އައިސް ކީރިތި ޤުރްއާނުގެ 15 ފޮތް ހިތުދަސްކޮށްފައިވާ ހިތް އަލި ހިތްވަރުގަދަ ދަރިވަރެއްކަން އެބަޔާނުގައި ފާހަގަ ކުރައްވައިފައިވެއެވެ.
އަދި އެބަޔާނުގައި އަލްމަރުޙޫމާ ފާތިމަތު އަންޖަމް ޝަފީޤު މިދުނިޔެއާއި އަލްވަދާޢު ކިޔުމާއިގުޅިގެން އެ މަރުކަޒުގެ ވެރިންނާއި އެންމެހައި މުވައްޒަފުން، އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ނަމުގައި އެ މަރުޙޫމާގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާކަމަށާއި، އަލްމަރުޙޫމާ ފާޠިމަތު އަންޖަމް ޝަފީޤުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، ކީރިތި ޤުރްއާނުގެ ޝަފާޢަތުން ޝަފާޢަތް މިންވަރުކޮށްދެއްވައި އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ދަންނަވައިފައި ވެއެވެ.





މަރުޙޫމާގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވައި ޢާޢިލާއަށް ކެތްތެރިކަން ދެއްވާށި އާމީން