ޚަބަރު

ޤަވާޢިދާއި ޚިލާފަށް އަގުބޮޑުކޮށް ޓެކްސީކުރާނަމަ ހުއްދަ ބާތިލް ކުރާނަން – ޓްރާންސްޕޯޓް

ޤަވާޢިދާއި ޚިލާފަށް އަގުބޮޑުކޮށް ޓެކްސީކުރާނަމަ ހުއްދަ ބާތިލް ކުރާނެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.  

އެމިނިސްޓްރީން ބުނެފައިވަނީ ހުއްދަ ބާތިލް ކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި، ޓެކްސީކޮށްގެން ވަކި އަދަދަކަށް ވުރެ ގިނައިން ޖޫރިމަނާ ކޮށްފައިވާ ފަރާތްތައް ކަމުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނިގޮތުގައި ބޮޑު އަގުގައި ޓެކްސީ ކުރާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. އެހެންވެ، ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ނަގައިގެން އަހަރަކު ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާކޮށްފައިވާ ނަމަ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނެގި ހަ ޓެކްސީއެއް، އަގު ކަނޑައެޅި ފުރަތަމަ ހަފުތާ ތެރޭގައި ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ޖެހިގެން އައި ހަފުތާގައި 15 ޓެކްސީއެއް ޖޫރިމަނާ ކުރި އިރު މިދިޔަ ހަފުތާގައި ވެސް އެ އަދަދު މަދުވެފައެއް ނުވެ އެވެ.

ޓެކްސީ ކުރުމުގެ އާ އުސޫލު ބުނާ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދުގެ ދަތުރަކަށް އެންމެ ބޮޑުކޮށް ނެގޭނީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް ނެގޭނީ 60ރ. އެވެ. މީގެ އިތުރުން ޑިކީއަށް މުދާ ލައިގެން އިތުރަށް ފައިސާ ނުނެގޭ ގޮތަށް ވެސް ބަދަލު ގެނެސްފައިވެ އެވެ.

އެއް ކޮމެންޓް

  1. In my opinion, it’s not good to use one specific car’s photo in this news. Hence, it’s Male, it’s better to use other car, or else cars crowded ?. I hope you guys will understand. Thank you ! ?

  2. In my opinion, it’s not good to use one specific car’s photo in this news. Hence, it’s Male, it’s better to use other car, or else cars crowded ?. I hope you guys will understand. Thank you ! ?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close