ވާހަކަ

މީމުން-މިޔަރު

(ކުޑަކުދިންގެ ވާހަކަ 23)

މެންދަން ވަގުތެވެ. މުސަޅު އެސޮރުގެ ހޮރުން ނިކުމެއްޖެއެވެ. އޭރު މުސަޅުގެ މަންމައާއި މާމަ އޮތީ ގަދަ ނީދީގައެވެ. ވަރަށް ސިއްރުން ޖަންގަލީގެ ތެރޭގައި ހިނގަމުން ދިޔައެވެ.

     ކުއްލިއަކަށް މުގޮށިމީދާއާއި ދިމާވިއެވެ. ކޮންތާކަށްތޯ ދަނީ އެހުމުން ބުންޏެވެ. “މިއަދު ވަރަށް ގިނަ ކާނާ ހުރިތަނެއް ފެނިގެން އެތަނަށް މިދަނީ.” މުގޮށި މީދާވެސް މުސަޅު ފަހަތުން މުސަޅާއެކު ހިނގަމުން ދިޔައެވެ. އިރުކޮޅަކުން މަކުނަކާ ދިމާވެއްޖެއެވެ. މަކުނު ގާތުގައި އެވާހަކަ ބުނުމުން މަކުނުވެސް މުސަޅުމެން ފަހަތުން ނިކަން އުފަލުން ދިޔައެވެ. ދެން ދިމާވީ މަދިރިއަކާއެވެ. މަދިރިވެސް ލޭ ކޮޅެއް ލިބޭނެކަމަށް ބަލާފަ މުސަޅު ފަހަތުން ހިނގައިގަތެވެ.

ގުޅުންހުރި ލިޔުންތައް

    މުސަޅު އެބުނާ ތަނަކަށް ދިޔައިރު އެތަނުގައި ހުރީ ބަޔަކު ކައިފައި ހުރި ކާއެއްޗިހިތަކެކެވެ. އޭގެތެރޭގައި ފިހުނު މަހެއް އޮތެވެ. އަދި މޭބިސްކަދުރާއި މާމުޔާއި މުރަނގަތޮޅިއާއި މިރުހާއި މަސްހުނި ތައްޓެއްވެސް ހުއްޓެވެ. ކުއްލިއަކަށް އެތާކައިރީ އޮތް ކޯރުން މިޔަރު ގޮވާލި އަޑު އިވުނެވެ. ” މަށަށްވެސް ތިޔައިން ކާއެއްޗެއް އެއްލަބަލަ.” މިޔަރު މިހެންބުނި އަޑަށް މަކުނު މޭޒުމަތީގައި ހުރި މިރުސް ތަށި އެއްލިއެވެ. މިރުސް ކައިގެން މިޔަރު ކުޅިވެގެން ރޯންފެށިއެވެ. މުސަޅު މިޔަރަށް މާފުށް ތައްޓެއް ދިނުމުން މިޔަރު އެތަށި އެއްކޮށް ކާލިއެވެ. މިޔަރުގެ ކުޅިފިލައިފިއެވެ.

     އިރުކޮޅަކުން މޫސުން ގޯސްވެ ވާރޭ ވެހެން ފެށިއެވެ. ހުރިހާ ޖަނަވާރުތައް މުސަޅު ދޫކޮށްލައިފައި އެސޮރުމެންގެ ގެއަށް ދިޔައެވެ. މުސަޅަށް އެހީވީ މިޔަރެވެ. މުސަޅު އަތުގައި ހުރި ކާނާތަކުން އެއްބައި މިޔަރަށް ދިނެވެ. އޭގެފަހުން މުސަޅާއި މިޔަރަކީ ދެ ރަޙްމަތްތެރިންނެވެ. (ނިމުނީ)

 ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.   މުސަޅު އެސޮރުގެ ހޮރުން ނިކުތީ ކޮން ވަގުތަކު؟
  2. 2)   މުސަޅު ހިނގަމުން ދަނިކޮށް ދިމާވަނީ ކޮން ބަޔަކާތަ؟
  3. 3)  މުސަޅާއި އެކު ޖަނަވާރުންތައް ދިޔައީ ކޮން ބޭނުމަކުތަ؟
  4. 4)  ވާހަކަގައި ހުރި މީމު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިސްޓްކުރޭ!
  5. 5)   ވާރޭވެހެން ފެށުމުން ކަންތައް ވީ ކިހިނެތް؟

އެއް ކޮމެންޓް

  1. ވަރަށް ސަޅި މިވާހަކަތައް . މަގޭ ދަރިފުޅަށް މީތި އެބަކިޔައިދެން ހަމަ ރެގިއުލާ ކޮށް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close