ޒަވިޔަނިން – ޒިބުރާ
(ކުޑަކުދިންގެ ވާހަކަ33 )
އެއްސަހަރެއްގައި ޖަންގަލީގައި ވަރަށް އެކުވެރި ދެ ޖަނަވާރު އުޅުނެވެ. އެއީ ޒިބުރާއަކާއި ޒަރާފާ އެކެވެ. ޒިބުރާ ބޭނުންވަނީ ޒުވާރި ކާށެވެ. ޒަރާފާ ބޭނުންވަނީ ޒިލޭބި ކާށެވެ. ޖަންގަލީގައި ހިނގަމުން ދަނިކޮށް ބަޔަކު އެހިސާބަށް އައިސް އުޅޭ އަޑުއިވުނެވެ. އެމީހުން ތިބީ އެތާ އޮތް މަސްފެންގަނޑެއް ކައިރީގައެވެ. މަސް ހިފަނީއެވެ. އެތަނުގައި ކާއެއްޗިހި އަޅާފައިވާ ވަށިގަނޑެއް ހުއްޓެވެ. އަދި ޒަމްޒަމްފެން ލިޔެފައި ހުރި ފެން ފުޅިއެއްވެސް ހުއްޓާ ފެނުނެވެ. ޒަރާފާ އެފުޅިން ފެންބޯން ބޭނުންވިއެވެ. އެމީހުން މަސްހިފާ ނިމުމުން ކުޑަކޮށް އަރާމުކޮށްލަން މަޑުކުރިއެވެ. އިރުކޮޅަކުން ބަލައިލިއިރު އެމީހުން ތިބީ ނިދާފައެވެ.
ޒިބުރާ އާއި ޒަރާފާ ގޮސް ވަށިގަނޑުގެ މަތި ނެގުމަށްފަހު އެތެރެ ބަލައިލިއެވެ. އޭގައި ހުރީ މޭވާ އާއި ޕާނާ ޒިލޭބިތަކެކެވެ. ޒަރާފާ ވީ އުފަލުން އަވަހަށް ޒިލޭބިތައް ކާންފެށިއެވެ. ޒިބުރާ އެތާ ހުރި ދަބަހެއް ނެގިއެވެ. އޭގައި ވަނީ ޒިބެއް ލާފައެވެ. އެހެންކަމުން ޒިބުރާއަކަށް އެދަބަސް ހުޅުވާކަށް ނޭނގުނެވެ.
އޭގެ އިރުކޮޅެއް ފަހުން އެއްކަލަ މީހުންތަކަށް ހޭލެވުނެވެ. އަދި ކާންވެގެން ވަށިގަނޑު ބެލިއިރު ޒިލޭބިތަކާއި މޭވާތައް ހުރީ ކައި ހުސްކޮށްފައެވެ. މިކަމާ އެކަކު އަނެކަކާއި ޒުވާބު ކޮށްފިއެވެ. އެކަކު ބުންޏެވެ. “އަހަރެމެން ނިދާފައި ތިއްބާ މިތަކެތި ކެއީ ކާކު ހެއްޔެ؟” މިއަޑު އަހަފައި ނިކަން އަވަހަށް ޒިބުރާއާއި ޒަރާފާ އެތަނުން ފިލައިގެން ޖަންގަލީގެ އެހެން ހިސާބަކަށް ހިނގައްޖެއެވެ.
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ޒިބުރާ ކާން ބޭނުންވީ ކޮން އެއްޗެއް؟
- ޒަރާފާ ކާން ބޭނުންވީ ކޮން އެއްޗެއް؟
- ޖަންގަލީގައި އުޅޭ މީހުން ތިބީ ކީއްކުރަންތަ؟
- ވާހަކަގައި ހުރި ޒަވިޔަނި އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
- ޒިބުރާއަށް ދަބަސް ނުހުޅުވުނީ ކީއްވެ؟
Zaviyanin zibura eh noon
…. Kaafun kafihi as……
Zaviyanin zibura eh noon
……. Kaafun kafihi as….
މިވާހަކަތައް އެއްތާކުން ލިބެން ހުނާނެތޯ؟ ވަރަށް ރަގަޅު ވާހަކަ ތަކެއް މީ ކުޑަކުދިންނަށް ކިޔަވައިދޭން