ބަސްނާހާ އުޅެންތަ ބޭނުމީ؟
ކުޑަކުދިންގެ ވާހަކަ
ދުވަސް ވަރަކީ ކުދިން ވަރަށް ރަށުތެރެއަށް ނުކުމެ އުޅޭ ދުވަސްވަރެކެވެ. އަހަރެން ވެސް އަހަރެންގެ އަމިއްލަ ނަފުސާއި ސުވާލު ކޮއްލީމެވެ. އެހެން ކުދިންއުޅޭހެން އުޅެން ކީއްވެ ބާއޭ އަހަރެން ބައްޕަ އާއި މަންމަ ހުއްދަނުދެނީ؟؟؟ އަހަރެން ވެސް ބޭނުންވީ ރަށުތެރޭގައި އެތައް މިތަނުގައި ކުދިން ތެޅޭހެން ތެޅޭށެވެ. އަހަރެން އޭގެ ފަހުން ވަރަށް ހިތާމަޔާ އެއްކޮން އިންނާތީވެ އަހަރެން ބައްޕަ ސުވާލު ކޮށްލިއެވެ.
ބައްޕަ : ދަރިފުޅާ ހާދަ ހިތާމަޔާއެކު ތިޔައިނީ ކިހިނެއްވީ؟؟
އަހަރެން ޖަވާބުގައި ބުނީމެވެ، “ބައްޕާ އަހަރެން އަބަދުގޭގައި ގުރަލެންހެން ކޮށޓަށްލައިފާ އިންނާ ތީވެ ފޫހިވަނީއެވެ.”
ބައްޕަ މިކަމާ ވަރަށް ބޮޑަށް ވިސްނަން ފެށިއެވެ. މަންމަ ކައިރީ މި ވާހަކަ ދައްކަވާ އަހަރެން ކައިރީ ބައްޕަ ބުންޏެވެ. ދަރިފުޅާ އެހެން ކުދިން އުޅޭ ގޮތަށް އުޅެން ތަ ނުވަތަ ބަސއަހައިގެން އުޅެންތަ ބޭނުން ވަނީ ؟؟ އޭރު އިބިލީސް އަހުރެނގެ ކަންފަތުގައި އަބަދަށް ވިޔާނުދާހެން އުޅޭށޭ ބޭނުމީ ބުނާށޭކިޔައެވެ. އަހަންނަށް ބުނެވުނީ މިހެންނެވެ. “އަހަރެން ބޭރަށް ދިޔަޔަސް ވިޔާނުދާކޮށެއް ނޫޅޭނަން !!!”
އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ގޯސްވަމުން ގޮސް ގުރުއާން ކިޔެވޭލެއް މަދުވެގެން ގޮސް ހަމަ ދުވަހެއް ދުވަހަކަށް ގޯސް ވާން ފެށިއެވެ. އަހަރެން ފަހުން ފަހުން އައިސް ސިގިރޭޓު ވެސް ބޮއެއެވެ. މިހެން ގޮސް އިރު އޮއްސޭ އިރު ގެއަށް އަންނަލެއް ލަސްވެގެން އެހީމާ ވެސް ބުނަނީ މިއައީ ޓިއުޝަނުނުންނޭ!!!
ސުކޫލުގައި ވެސް ފެށުން އަހަރު ހާޒިރީ ދައްވުމުން ޕޭރެނޓް އާއި ދަރިފުޅުގެ މީޓިންގް އަކަށް ސުކޫލުން ކިޔެވެ.އެދުވަހު މީޓިންގް އައް ދިޔައީ މަންމަ އާއި އަހަންނެވެ. ޕްރިންސިޕަލް މިހުރިހާ ވާހަކައެއް ކިޔާފަ މަންމަ ގަބޫލު ނުކުރީމަ އަހަންނާ ސުވާލުކުރިއެވެ.
ޕރިންސިޕަލް: ކަލޭ ސިގިރޭޓު ބޮންތަ؟؟ ޖަވާބުގައި (މަންމަ ކުރިމަތީގައި) އާއާއާ ”އެކެ ޖަވާބު ދެވުނެވެ. މިހެން ބުނުމުން މަންމަ އަށް ވަގުތުން ރޮވުނެވެ. ގެއަށްގޮސް މަންމަ އަހަރެންގެ ގައިގައި ތަޅަން ފެށުމުން ހަނދާންވީ ކުރިމަތީގަ ހުރި އަހަރެންގެ ބައްޕަ ބުނި ވާހަކައިގެ މަތިންނެވެ. ބައްޕަ އަހަރެންގައިގައި މަންމަ ތަޅާތީ އެކަން ހުއްޓުވާ ނަސޭހަތް ދިނެވެ.
އޭގެފަހުން އަހަންނަށް ”ވިޔާނުދާކުދިން” އެނގުނެވެ. އަދި ބަސްއަހަން ދަސްވިއެވެ.
ނިމުނީ

haadha molhey zaakko