ޕަވިޔަނިން- ޕަރީ (ކުޑަކުދިންގެ ވާހަކަ 50)
ކުޑަކުދިންގެ ވާހަކަ 50 ( ޕަވިޔަނިން – ޕަރީ)
ހެނދުނުގެ ވަގުތެވެ. ޕަރީންތައް ޕާކު ތެރެ ސާފުކުރަނީއެވެ. އެއީ ޕަރީންގެ އެކުވެރި ޕަރީޒާ ޕަރީގެ އުފަންދުވަހެވެ. ޕާޓީ ބޭއްވުމަށްޓަކައި މުޅި ޕާކު ޒީނަތްތެރި ކުރަނީއެވެ. ކުލަކުލައިގެ މާމެލާމެލީގެ ގުލްދަސްތާތަކުން ފުރިހަމަކުރަނީއެވެ. ކުޅޭނެ ކުޅިވަރުތަކާއި ކެއިން ބުއިމުގެ އެންމެހާ ކަންކަން ހަމަޖައްސަނީއެވެ.
ޕާރީތައް ބޮޑު ޕިކަޕެއްގެ ސާމާނު ޕާކަށް ޖަމާކުރިއެވެ. އެސަހަރުގައި އުޅޭ ހުރިހާ ޕާރީންތަކަށް ޕާޓީއަށް ދަޢުވަތު ދިނެވެ. މުޅި ޕާޓީގެ ހުރިހާ ކަމެއް ތައްޔާރުކޮށް ނިމުނި އިރު ހުރީ ހަވީރުވެފައެވެ. ސަހަރުގެ ހުރިހާ ޕާރީތައް ރީތި ހެދުންތައް ލައިގެން ނަލަހެދިގެން ޕާޓީއަށް އައިސް ތިއްބެވެ. ޕާޓީއަށް އައި ހުރިހާ ޕާރީންތައް ބޮޑު ޕާރުސަލްއެއް ހަދިޔާއެއްގެ ގޮތުގައި ގެނެސްދިނެވެ. ޕަރީޒާ ޕަރީ ހުރީ ވަކިން ބޮޑަށް ނަލަހެދުމެއް ލައިގެންނެވެ. އެއީ މަޑު ފިޔާތޮށިކުލައިގެ ވިދާ ހެދުމެކެވެ. ދުރުން ޕަރީތަކަށް ބަލާލުމުން ހީވަނީ ވިދާބަބުޅާ ތަރިތަކެއް ހެންނެވެ.
ޕާޓީ ފެށިއްޖެއެވެ. ތަފާތު ވައްތަރުގެ ކާނާތައް ތައްޔާރުކޮށްފައި ހުއްޓެވެ. ޕިއްޒާ އާއި ޕާން ބޯކިބާގެ އިތުރުން ޕާޕާރު އެއީ ޕަރީޒާ ޕަރީއަށް އެންމެ މީރު ކާނާއެވެ. އިރުކޮޅަކުން އިވުނީ ޕާރީއެއް ޕިޔާނޯ ކުޅޭ އަޑެވެ. އޭރު ޕަރީޒާއާއި އެކު އެހެން ޕަރީތައް ތިބީ ޕެކެޓް ބޯށެވެ.
ޕަރީޒާ ޕަރީ ޕިޔާނޯ ކުޅޭހިތްވިއެވެ. އޭގެ ކައިރިއަށް ދާން އުދުހިގަތެވެ. އެވަގުތު ޕާރީޒާގެ ހެދުމުގައި ހަރުކޮށްފައި އިން ރަންކުލައިގެ ޕިނެއް ގަހެއްގައި އަޅައިގެންފައި ހެދުމުން ބައެއް ހަލާކުވިއެވެ. އަދި ހަމަ އެވަގުތު ގަހުން ގޮފިގަނޑެއް ވެއްޓި ޕިޔާނޯ މައްޗަށް ޖެހުނެވެ. ޕިޔާނޯވެސް ހަލާކުވީއެވެ. ހެދުން ހަލާކުވުމުން ޕަރީޒާ އެކަމާ ވަރަށް ދެރަވިއެވެ. އަދި އެހެދުން ހަލާކުވިތަން ރަނގަޅުކުރުމަށް ގިނަ ވަގުތު ނެގިއެވެ. އޭރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ޕަރީޒާ ބޮޑަށް ދެރަވީ ޕިޔާނޯ ނުކުޅެވުނީމައެވެ.ޕާރީޒާ ދެރަވެފައި ހުރިތަން ފެނުމުން ޕާރީތައް ގެނައި ޕާރިސަލް ކެނޑުމަށް ޕާރީން ބުންޏެވެ. ޕަރީޒާ ޕާރިސަލް ހުޅުވާ ބެލިއިރު އެއީ ވަރަށް ރީތި ޕިޔާނޯއެކެވެ. ޕަރީޒާ ވަރަށް އުފާވިއެވެ. ޕާރީތައް ބުނީ އެހެން ދުވަހަކުން ޕަރީޒާޕިޔާނޯ ކުޅޭތަން ބަލާލަން ޕާކަށް އަންނާނެ ކަމަށެވެ. (ނިމުނީ)
މަސައްކަތް 1
ވާހަކަ ކިޔުމަށްފަހު ތިރީގައިވާ ތަކެތީގެ ތެރެއިން ޕަވިޔަނިން ފެށޭ ތަކެތީގައި ރަނގަޅު ފާހަގަ ލާށެވެ.

މަސައްކަތް 2
ވާހަކަ ކިޔުމަށްފަހު ހުސްތަންތަން ފުރިހަމަ ކުރާށެވެ.
- ޕަރީންތައް ————- ތެރެ ސާފުކުރަނީއެވެ.
- ޕަރީންތައް ———- ބޭއްވުމަށްޓަކައި މުޅި ޕާކު ޒީނަތްތެރި ކުރަނީއެވެ.
- ޕާރީތައް ބޮޑު ————– ސާމާނު ޕާކަށް ޖަމާކުރިއެވެ.
- ޕަރީޒާއަށް އިރުކޮޅަކުން އިވުނީ ޕާރީއެއް ————- ކުޅޭ އަޑެވެ.
މަސައްކަތް 3
ސުވާލުތަކަށް ޖަވަބު ދޭށެވެ.
- ޕާރީތައް ޕާޓީ ބޭއްވީ ކީއްވެ؟
- ޕަރީޒާ ހުރީ ކޮން ކުލައެއްގެ ހެދުމެއް ލައިގެންތަ؟
- ޕަރީޒާ އެންމެ ދެރަވީ ކޮންކަމަކާތަ؟
މަސައްކަތް 4
ތިރީގައިވާ ތަސްވީރުން ފެންނަ ކަންކަމާއި ގުޅުވައިގެން 3 ޖުމުލަ ލިޔާށެވެ.

ޖަވާބުތައް
މަސައްކަތް 1
- ޕާކު
- ޕާޓީ
- ޕިކަޕެއްގެ
- ޕިޔާނޯ
މަސައްކަތް 3
- ޕަރީޒާގެ އުފަންދުވަސް ވީމަ
- ފިޔާތޮށިކުލައިގެ ހެދުމެއް
- ޕިޔާނޯ ނުކުޅެވުނީމަ.