ވާހަކަ

ކުރުވާހަކަ: އެ މަންމަގެ ޙަޤީޤަތް

އަހަރެން އެންމެ ކުޑަ އިރުން ސުރެންވެސް އިންތިޒާރު ކުރަމުން އައީ މަންމަ އަހަންނަށް ދަރިފުޅާއޭ ކިޔާ ގޮވާލާނެ ދުވަހަކަށެވެ. މަންމަ އަހަންނާ ދިމާލަށް ރުހުމުގެ ނަޒަރަކުން ބަލާލާނެ ދުވަހަކަށެވެ. މަންމަ ލޯބިން އަހަރެންގެ ގައިގައި ފިރުމާލާނެ ދުވަހަކަށެވެ.

މަންމަ އަހަރެން ދެކި އެހާ ރުޅި އަންނަނީ ކީއްވެ ކަމެއްވެސް އަހަންނަކަށް ނޭންގެއެވެ. އަހަންނަށް ކޮންކުށެއް ކުރެވިގެން ކަމެއްވެސް ނޭންގެއެވެ. ބައްޕަ މި ދުނިޔެއާ ވަކިވިފަހުން އަހަރެން އުޅެމުން އައީ ވަރަށްވެސް ހިތްދަތި ދިރިއުޅުމެކެވެ. އަހަރެން ތަޙައްމަލް ކުރަމުން މިއައީ އެހާމެ ބޮޑު ވޭނެކެވެ.

އަހަރެންގެ މިހިތްދަތި ދުވަސްތަށް އުޖާލާ ކޮއްދޭން ހުރީ ހަމަ އެންމެ މީހެކެވެ. އެއީ އަހަރެންގެ ކޮއްކޮ އައިރިޝް އެވެ. އައިރިޝް އަހަރެން ދެކެ އިންތިހާއަށް ލޯބި ވެއެވެ.

ގުޅުންހުރި ލިޔުންތައް

އަހަރެން މަސައްކަތް ކުރަމުން އައީ މަންމަޔާއި އެއް އޮފީހެއްގަ އެވެ. އައިރިޝްގެ އުމުރުން މިހާރު 18 އަހަރު ވީއެވެ. ނަމަވެސް މަންމަ ދުވަހަކުވެސް އައިރިޝް އަށް އެއްވެސް މަސަތްކަތެއް ކުރާކަށް ނުޖައްސައެވެ. އޮފީހުގެ ހުރިހާ މަސައްކަތެއް ކުރަމުން ގޭގެވެސް ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އަހަންނަށެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް ޝަކުވާ އެއް ނުކުރަމެވެ. އެއީ އަހަރެންގެ ހިތުގައި މަންމައަށް ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ވަޒީފާގެ މައިދާނުގައި ވެސް މަންމަ އަހަންނާ ވާހަކަ ދައްކާނީ ދުރުހިލޭ މީހަކާ ވާހަކަދައްކާ ފަދައިންނެވެ. މަންމަ އަހަންނާ ދިމާޔަށް އެއްޗެހި ގޮވާއިރުވެސް އަހަރެންގެ ދިފާޢުގައި އައިރިޝް އަބަދުވެސް ހުރެއެވެ. އަހަންނަށް ހެނދުނު ލަހުން ހޭލެވޭނަމަ މަންމަ އަހަރެންގެ ގަޔަށް ފެން ބާލީއްޖެއް އަޅާލައެވެ. އަހަންނަށް ހެނދުނު ސައިހެދޭލެއް ލަސްވެއްޖެ ނަމަ މަންމަ އަހަރެންގެ ގައިގައި ހޫނު ދޭފަތް ޖައްސައެވެ. އަހަންނަށް ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ މަންމަ އަހަރެންގެ ގައިގައި ފިހިގަނޑުން ތަޅައެވެ.

ނަމަވެސް މަންމަ އާއި ދިމާއަށް އަހަރެންގެ ދުލުން ޗުއްޕުވެސް ނުބުނަމެވެ. މަންމަގެ މި އަނިޔާތަކަށް ކެތްނުކުރެވިގެން އަހަރެން ރޯތަން ބަލަން އައިރިޝް އަކަށް ކެތެއް ނުކުރެވުނެވެ. މަންމަ އަހަރެންނަށް އެހާ އަނިޔާ ކުރާ ސަބަބެއް ހޯދަން އައިރިޝް ގެ ހިތް އަބަދުމެ އެދިއެދި ހުރެއެވެ.

ވަގުތަކީ އަހަރެން އޮފީހަށް ދާން ކޮޓަރިން ނިކުތް ވަގުތެވެ. އެވަގުތު މަންމަގެ ދުލުން އަހަރެންގެ ކަންފަތަށް އިވުން ޖުމުލަ އަކީ އަހަރެންގެ ހިތް ކުދިކުދި ކޮއްލި ޖުމުލައެކެވެ.

” އައިރާ އަކީ އަހަރެންގެ ދަރިއެއްނޫން.” އެވަގުތު އަހަރެންގެ ކޯތާފަތް މަތިން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.

އަހަރެން ދުވެފައި ގޮސް މަންމަގެ ގައިގައި އޮޅުލައިގަތީމެވެ. އަދި އަހަރެން މަންމަގެ ދަރިއަކަށް ނުވާންވީ ސަބަބު ބުނެދިނުމަށް އެދި އާދޭސް ކުރީމެވެ. މަންމަ ބުނީ އެއީ އައިރިޝްގެ ބައްޕަ އެހެން އަންހެނަކާ އެކީ ކުރި ވިޔާނުދާ އަމަލެއްގެ ނަތީޖާ ކަމަށެވެ. އައިރިޝްގެ ބައްޕަ މަރުވަމުން އަހަރެން ބަލައިދިނުމަށް ވަސިއްޔަތް ކުރީއެވެ.

އަހަރެންމީ މަންމަގެ ދަރިއެކޭ ބުނެދިނުމަށް އެދި މަންމަގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސް ކުރީމެވެ. ނަމަވެސް އަހަރެން މީ އެމަންމަގެ ދަރިއެއްކަމަކަށް މަންމަ ގަބޫލެއް ނުކުރިއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް އެއީ އަހަރެންގެމަންމަ ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި އައިރިޝް އަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނޫންކަމަކަށް ވެސް ނުހެދޭނެއެވެ. އެއީ އަހަރެން ދެކޭގޮތެވެ.

މަންމަ އަހަންނާ ދިމައަށް ކިތޭ އެއްޗިއްސެއް ކިޔަސް، ކިތަންމެ އަނިޔާއެއް ކުރިޔަސް އަހަރެންގެ އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް އަހަރެންގެ މަންމައެއްގެ ގޮތުގައި ދެކޭނީ ހަމަ އެމަންމައެވެ.

ނިމުނީ

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close